13 Oct 2022, 11:32
ވޭތުވެދިޔަ ދެ އަހަރު ރާއްޖެއިން ކާމިޔާބުކޮށްފައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"އަށް މިއަހަރު ވެސް ރާއްޖެ ނޮމިނޭޓްވެ، ވޯޓުލުމަށް ހުޅުވާލައިފިއެވެ.
ނަވާވީސްވަނަ އަހަރީ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"އަށް ރާއްޖެ ނޮމިނޭޓްވި މިއީ ތިންވަނަ ފަހަރެވެ. މީގެ އިތުރުން ޑަބްލިއުޓީއޭގެ ދުނިޔޭގެ އެވޯޑް ކެޓަގަރީގެ ޝަރަފުވެރި އިތުރު މަގާމުތަކަށް ވެސް ދިވެހިރާއްޖެ މި އަހަރު ނޮމިނޭޓްވެފައިވެއެވެ.
މި އަހަރުގެ ޑަބްލިއުޓީއޭގެ ވޯލްޑް ކެޓަގަރީން ރާއްޖެ ނޮމިނޭޓްވެފައި ވާ އެވޯޑުތަކަކީ،ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން،ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން، އަދިވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެއެވޯޑްތަކެވެ. މީގެ އިތުރުން،ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑުގެ މަޤާމަށްއެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް ނޮމިނޭޓް ވެފައިވެއެވެ. ޑަބްލިއުޓީއޭގެ އެވޯޑުތަކަށް ވޯޓުލުން ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ.

ޑަބްލިޔުޓީއޭގެ އެވޯޑްތަކަކީ ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި ވެސް އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑް ތަކެކެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއެމްޕީއާރުސީން ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކާ އެކުވެސް، ވޭތުވެދިޔަ ދެ އަހަރު ރާއްޖެއިން މި ލަގަބު ކާމިޔާބުކޮށްފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ ބައިވެރިންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ ސަބަބުންކަން ޔަޤީން ކަމަށެވެ. އަދި މި އަހަރަކީ ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ކަމުން، ތިންވަނަ ފަހަރަށް މި އެވޯޑް ހާސިލްކުރުމަކީ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން, އިތުރަށް ވަރުގަދަވާނެ ފަދަ ކާމިޔާބީއެއްކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ މި އެވޯޑުގެ ސަބަބުން ދަތުރުފަތުރުގެ ވިޔަފާރީގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް އުޖާލާކުރުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް މި އަހަރު އަނެއްކާވެސް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ލިބުމަކީ އަޅުގަނޑުމެން އެންމެން, ގައުމެއްގެ ގޮތުގައި ފަޚުރުވެރިވާނެ ފަދަ ކަމެއްކަމަށާއި، މި އަހަރު ރާއްޖެއިން މި އެވޯޑް ހާސިލްކޮށްފިނަމަ، މިއީ ރާއްޖެއަށް ޖެހިޖެހިގެން ތިން އަހަރު ފަތުރުވެރިކަމުގެ މިފަދަ ޝަރަފުވެރި ލަގަބެއް ލިބޭ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ.