13 Oct 2022, 10:48
ށ. ކީކިމިނީގައި ގާއިމްކޮށްފައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއިން ކަޅުބިލަ މަހާއި ކަންނެލި ގަންނަން ފަށައިފިއެވެ.
ވިލާ ގްރޫޕުގެ ދަށުން ހިންގާ އައިލެންޑް އެންޓާޕްރައިޒަސްގެ ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް އަކީ 1،900 ޓަނުގެ ކޯލްޑް ސްޓޯރެޖެއް ހުންނަ ފެކްޓަރީއެކެވެ.
ކީކިމިނީން މަސް ގަންނާނީ 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށް ނަމަ 5.5 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކީކިމިނީން ދޯންޏަކަށް މަސްކިރަނީ
ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެސް، މަސް ކިރުމުގެ މަސައްކަތް އެ ރަށުގައި މިހާރު ފަށާފައިވާއިރު، މަސް ކިރުމަށް ބޭނުންވާ ދޯނިތަކުން ގުޅައިގެން މަސް ކިރުމުގެ އިންތިޒާމް ހަމަޖެއްސޭނެއެވެ. އެގޮތުން ގުޅަން ހަމަޖައްސާފައިވާ ނަންބަރަކީ 9754667 އެވެ.
މަސްވެރިންނަށް މަސް ކިރޭނެ އިތުރު ގޮއްތަކާއި މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.