13 Oct 2022, 09:43
މިއީވެސް ކުޑަ ސްޓަންޓެކެވެ. އެމެރިކާގެ ފްލޮރިޑާގެ ސްކައިޑައިވް ކުރާ މީހެއް ކަމަށްވާ މެކްކެނާ ނައިޕް ވަނީ ސްކައިޑައިވް ކުރަމުން ބާގާއެއް ކައި، އެ މަންޒަރު ވީޑިއޯކޮށްފައެވެ.
މެކްކެނާގެ އިންސްޓަގްރާމަށް ޕޯސްޓުކޮށްލި ވީޑިއޯގައި ފެންނަނީ ސްކައި ޑައިވް ކުރަމުން ބާގާ ކިންގްގެ 'ފޭކް މީޓް އިމްޕޮސިބަލް ވޮޕާ'އެއް ކާލާ މަންޒަރެވެ. މި ބާގާ ފޮށިން ނަގައި ކާލާ އިރު އޭނާ ހުންނަނީ ވިންގް ސޫޓެއްގައި 10،000 ފޫޓު މަތީގައެވެ. އަދި، ކަމުން ދާއިރު އެދިމާލުން ދާ މަތިންދާބޯޓަކަށް އިޝާރާތްކޮށްލާ މަންޒަރުވެސް ފެނެއެވެ.
ވީޑިއޯގެ ކެޕްޝަންގައި އޭނާ ޖަހާފައިވަނީ 10،000 ފޫޓު މަތިން މި ބާގާ މާ މީރު ކަމަށެވެ. ވީޑިއޯއަށް ކޮމެންޓުކުރި ބައެއް މީހުން ވަނީ އޭނާއަށް ވަރަށް ތައުރީފުކޮށްފައެވެ. އަދި، އޭނާގެ ސްޓަންޓް ވަރަށް މޮޅު ކަމަށް ބުނެއެވެ.
View this post on Instagram
މީގެ ކުރިންވެސް އޭނާ ވަނީ މިކަހަލަ ކަމެއް ތަޖުރިބާ ކޮށްފައެވެ. އެގޮތުން، ސްކައިޑައިވް ކުރަމުން 'ޕައި' އެއް ކައި ވީޑިއޯ ޕޯސްޓުކޮށްފައިވެއެވެ. އެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ވައިރަލްވިއެވެ.