03 Apr 2012, 14:50
ކުރިން ފުވައްމުލަކު ކޯޓުގެ ލީގަލް އެސިސްޓެންޓަކަށް ހުންނެވި އާދަމް ޒާލިފު އެކޮނިމިކް މިނިސްޓްރީގެ ނައިބުކަން ދެއްވައިފި އެވެ. ޒާލިފަކީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
ޒާލިފަށް މަގާމު ދެއްވިކަން ރައީސް އޮފީހުން ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ޒާލިފަށް މަގާމު ދެއްވައި އޭނާއަށް ރައީސުލް ޖުމްހޫރިއްޔާ މިދިއަ ހޯމަ ދުވަހު ފޮނުއްވެވި ސިޓީ ވަނީ މިއަދު އެފްބީގައި އާންމުކޮށްފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ޒާލިފުގެ އިހުލާސްތެރި ހިދުމަތް ސަރުކާރަށް ލިބެމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.