12 Oct 2022, 13:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ފުރާވަޑައިގަތްކަން ހާމަކުރެއްވީ ރައީސް އޮފީހުންނެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު އެ އޮފީހުން ދީފައެއްނުވެއެވެ.
މީގެކުރިން ވެސް ނުރަސްމީ ދަތުރުފުޅުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށާއި ބޭރުގެ އެކި ގައުމުތަކަށް އެމަނިކުފާނު ވަޑައިގެންފައި ވެއެވެ.
އެގޮތުން މިއަހަރު ވެސް ރައީސް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ސިންގަޕޫރުގައި ތައިރޮޑް އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.