03 Apr 2012, 14:44
ފަސް ބެލުމެއް ނެތި އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބު ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީއަށް އެކުލަބުގެ ކޯޗް އެލެކްސް ފާގަސަން މަރުހަބާ ކިޔައިފި އެވެ.
ބްލެކްބާން ރޯވާސް އަތުން 2- 0 އިން މެން ޔުނައިޓެޑް ރޭ މޮޅުވެ މެޗަށް ފަހު ކޯޗް ފާގަަސަން ބުނީ، ތާވަލްގެ އެއްވަނައިގައި އޮވެ، ވާދަވެރި މެންސިޓީއަށްވުރެ ފަސް ޕޮއިންޓުގެ ލީގެއް ފުޅާ ކުރުމުން އުފާ ކުރާކަމަށެވެ.
ރޭގެ މެޗުގައި މެން ޔުނައިޓެޑަށްް ލީޑު ނަގައި ދިނީ ދެ ވަނަ ހާފުގުގެ 81 ވަނަ މިނިޓުގައި އިކުއެޑޯގެ އެންޓޯނިއޯ ވެލެންސިއާ އެވެ. އަދި ދެ ވަނަ ލަނޑު އޭގެ ފަސް މިނިޓު ފަހުން ކާމިޔާބު ކޮށްދިނީ އޭޝްލީ ޔަންގް އެވެ.
އަދި ރޭގެ މެޗުގައި ކުޅުންތެރިންދެއްކި ހިތްވަރަކީ ލީގު ކާމިޔާބުކުރުމަށް ލިބުނު ރަނުގެ ފުރުސަތަކަށް ވީއިރު، މެޗުގައި ބްލެކްބާން ކޮޅަށް ގޯލްޖަހައިދިން އެންޓޯނިއޯ ވެލެންސިއާ އާއި އޭޝްލީ ޔަންގް އަށް ފާގަޝަން ވަނީ މަރުހަބާ ކިޔައިފައެވެ.
ރޭގެ މޮޅާއެކު ލީގުގެ އެއްވަނާގައި މެން ޔުނައިޓެޑް އޮތީ 76 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ. އަދި މެޗުން ބަލިވި ބްލެކްބާން އޮތީ 28 ޕޮއިންޓާއެކު 18 ވަނައިގައެވެ.