ސާދަ ވަނަ މައިލޯ އިންޓަސުކޫލް ބާސްކެޓް މުބާރާތް އަންނަ އަފުތާގެ ބުރާސްފަތި ދުވަހު ފަށާގޮތަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ނިންމިއަފި އެވެ.
އަންހެން ފިރިހެން ވަކިން، ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމްލަ 33 ޓީމް ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން ކުދިންގެ 18 ޓީމާއި އަންހެން ކުދިންގެ 15 ޓީމެވެ.
މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ވާދަކުރާ ސުކޫލްތަކަކީ ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލާއި އިމާދުއްދީން ސުކޫލާއި އިންކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލް އަދި ކަލާފާން ސުކޫލެވެ. އަދި މިއުމުރު ފުރާގެ އަހެން ކުދިންގެ ބައިން ހަ ސުކޫލެއް ވާދަކުރެއެވެ. އެއީ ބިލަބޮންގް ސުކޫލާއި ޤިޔާސުއްދީނާއި އިމާދުއްދީނާއި އިސްކަންދަރާއި ޖަމާލުއްދީން އަދި ކަލާފާން ސުކޫލެވެ.

މުބާރާތުގައި 14 އަހަރަުން ދަށުގެ ފިރިހެން ކުދިންގެ ބައިން ހަތް ސުކޫލް ވަނީ ބައިވެރިވެފައެވެ. އެީ ދަރުމަވަންތަ އާއި ގާޒީ ސުކޫލާއި ޤިޔާސުއްދީނާއި އިސްކަންދަރާއި ޖަމާލުއްދީނާއި މަޖީދިއްޔާ އަދި ތާއްޖުއްދީން ސުކޫލެވެ. މިބައިގެ އަންހެން ކުދިންގެ ބައިން ވާދަކުރަނީ ފަސް ސުކޫލެވެ. އެއީ އަމީނިއްޔާ، ޤިޔާސުއްދީން، އިސްކަންދަރު، ޖަމާލުއްދީން އަދި ތާޖުއްދީނެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ޖުމްލަ ހަ ޓީމް ބައިވެރިވިއިރު، އެ ސުކޫލްތަކަކީ ދަރުމަވަންތަ، ގާޒީ، އިމާދުއްދީން، އަހުމަދިއްޔާ، މަޖީދިއްޔާ، އަދި ތާޖުއްދީން ސުކޫލެވެ. އަދި އަންހެން ކުދިންގެ ބައިގައި ވާދަކުރާ ހަތަރު ސުކޫލަކީ އަމީނިއްޔާ، ހިރިޔާ، އިމާދުއްދީން އަދި ތާޖުއްދީން ސުކޫލެވެ.