11 Oct 2022, 16:08
ޗެމްޕިއަންސް ލީގުގައި މިރޭ ބެންފިކާއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު، އަނިޔާގެ ސަބަބުން ލިއޮނަލް މެސީއަށް ގެއްލިއްޖެއެވެ.
ޕީއެސްޖީ އެންމެ ފަހުން ފްރެންޗް ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެެސް، ފަލަ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެސީ ނުކުޅެއެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗަކީ މި ސީޒަންގައި ޕީއެސްޖީ މެސީއާ ނުލާ ކުޅުނު ފުރަތަމަ މެޗެވެ. އަދި އެ މެޗަކީ މި ސީޒަންގައި ޕީއެސްޖީއަށް ގޯލެއް ނުޖެހި މެޗު ނިންމާލަން ޖެހުނު ފުރަތަަމަ މެޗު ވެސް މެއެވެ.
މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ގަލްޓީއޭ ބުނީ މެސީ ޓީމުގައި ނުހިމެނުމަށް އޭނާ އަމިއްލައަށް އެދިފައިވާކަމަށެވެ. އަދި މިރޭގެ މެޗަށް ފަހު ދެން އެންމެ އަވަހަށް ޕީއެސްޖީ ކުޅެން ހަމަޖެހިފައިވާ މެޗަށް މެސީ ފިޓްވެ ކުޅުމުގައި ބައިވެރިވާނެކަމަށް ވެސް އޭނާ ބުންޏެވެ.
ގަލްޓިއާ ބުނީ ޕީއެސްޖީ މިހާރު ކުޅޭ ގޭމްގައި އެންމެ މުހިންމު ކުޅުންތެރިއަކީ މެސީ ކަމަށެވެ. އެހެންކަމުން މެސީއާ ނުލާ ކުޅޭ ކޮންމެ މެޗަކީ ޓީމަށް އުނދަގޫ މެޗެއް ކަމަށް އޭނާ ބުންޏެވެ.
"މެސީ ރަނގަޅު ފޯމެއްގައި ހުރެ އެހެން ކުޅުންތެރިންނާއެކު ދަނޑުމަތީގައި ބާއްވާ ގުޅުމަކީ މެޗަކުން މޮޅުވާން މުހިންމު ކަމެއް،" ގަލްޓިއާ ބުންޏެވެ.
އޭނާ ބުނީ މެސީ ނެތުމުން، އެ މަގާމު ފޫބެއްދުމަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.