މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު އަލުން އެކުލަވައިލައްވައިފި އެވެ.

ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، މައްޗަންގޮޅި ހަވޭލި މުޙަންމަދު ސަޢީދެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް އެއަޕޯޓްސް ކަމްޕެނީ ލިމިޓެޑްގެ ދެބޭފުޅުންނަކީ، މެނެޖިން ޑިރެކްޓަރު ހެންވޭރު ނޫމުތީ މުޙަންމަދު އިބްރާހީމާއި މޯލްޑިވްސް ހެޑް އޮފް ސޭފްޓީ އެންޑް ސްޓޭންޑަޑްސް ގަލޮޅު ކެތުލިން އިބްރާހީމް ޚާލިދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 8309 އިބްރާހީމް އިޔާސާއި މާފަންނު މަހެކް ޙުސައިން ޝިޔާމާއި، މާފަންނު މުލީގެ އިބްރާހީމް މުޙަންމަދާއި އަދި މާފަންނު އެލްސިޔޯން ޑރ. އިބްރާހިމް މަޙްފޫޒެވެ.