03 Apr 2012, 14:19
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓުތަކަކާ އެކު 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މޯލްޑިވެސް ޕޮލިސް ސާވިސް އިން މިއަދު ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ފުލުހުން މި އަހަރަށް ހިންގަން ކަނޑައަޅާފައިވާ ޕްރިއޮރިޓީސްގެ ތެރެއިން ޑްރަގް ޓްރެފިކިން ލަނޑުދަޑި ހާސިލު ކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.
އަދި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި 16 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށާއި އެ ހަތަރު މީހުންގެ އަތުން މަސްތުވާ އެއްޗެތި ކަމަށް ތުހުމަތު ކުރެވޭ، 25 ރަބަރު ޕެކެޓާއި ބުލެޓް ސައިޒުގެ ދެ ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބޭނުންކޮށްފައި ހުރި ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ޑްރަގް ޓްރެފިކިން އޮޕަރޭޝަނުގެ ދަށުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 16 މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.