10:00


މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބޭއްވެވި ރަސްމީ ޙަފްލާ ރޭ ދަރުބާރުގޭގައި ބާއްވަވައިފި އެވެ.


މި ޙަފްލާގައި، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.


މި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބައްދަލުކުރައްވައި މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ.