ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ ޒުވާނަކު ގެއްލި، އޭނާ ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ގެއްލިގެން ހޯދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، 27 އަހަރުގެ އެމްޑީ އޮމަރް މިއާއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެމްޑީ އޮމަރް މިއާ ވީނުވީއެއް ނޭންގި ގެއްލިގެން، އޭނާ މަސައްކަތް ކުރާ ކުންފުނިން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އޭނާ އާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީ އޮމަރް މިއާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 3322111 އަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.