03 Apr 2012, 13:32
ސްރީލަންކާގެ ވިޔަފާރި ކުރިއަރުވާ ފުޅާ ކުރަން އަހަރަކު އެއްފަހަރު ބާއްވާ "ސްރީ ލަންކާ އެކްސްޕޯ" ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މިދިޔަ މަހުގެ 28 އިން 31 ކޮލަމްބޯގައި ބޭއްވި ފެއާގައި އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ދިވެހި ވަފުދުގައި ދެން ހިމެނިވަޑައިގަތީ ޕާމެނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ އާއި ޗެމްބަރު އޮފް ކޮމާސްގެ ނައިބު ރައީސް އިސްމާއިލް ނޫރައްދީނާއި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ޝާހިދު އަލީ އެވެ.
އެ ދަތުރުގެ ހަވާސާގައި މިނިސްޓާ ވަނީ ލަންކާގެ އެކޮނޮމިކް މިނިސްޓާ މރ. ބާސިލް ރާޖަ ޕަކުސާ އާއި މިނިސްޓާ އޮފް ކޮމާސް މރ. ރާޝިދުއާ ބައްދަލުކުރައްވާފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުން ތަކުގައި ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކޮށް އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ބުނީ އެ ފެއާގެ ސަބަބުން ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓުތައް އިތުރުކުރުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.