ރަޖްނީކާންތުގެ 173 ވަނަ ފިލްމު ޑައިރެކްޓުކުރަން އޭނާގެ އަންހެން ދަރި އައިޝްވާރިޔާ ރަޖްނިކާންތު ނިންމައިިފިއެވެ.

ރަޖްނިކާންތުގެ ފޭނުންނަށް މިއީ އުފާވެރި ހަބަރެކެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ރަޖްނިކާންތު މިހާރު ވަނީ އާ ދެ ފިލްމެއްގެ މަސައްކަތަށް ސޮއިކޮށްފައެވެ. އެގޮތުން، 'ޑޮން' ފިލްމު އުފެއްދި ސިބީ ޗަކަރަވަތީ އާއި އޭނާގެ އަންހެން ދަރިފުޅު އައިޝްވަރްޔާ ރަޖްނިކާންތުގެ ފިލްމަކަށް ސޮއިކޮށްފައިވާކަމަށް ހަބަރުތައް ބުނެއެވެ.

އައިޝްވަރްޔާ ޑައިރެކްޓު ކުރަނީ ރަޖްނީކާންތުގެ 173 ވަނަ ފިލްމެވެ. މިއީ، އޭނާގެ ދޮށީ ދަރިފުޅުގެ ޑައިރެކްޝަންގެ ދަށުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ރަޖްނިކާންތު މިހާރުވެސް ދަނީ އިތުރު ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، 'ޖެއިލާ'ގެ މަސައްކަތް ޗެންނާއީގައި މިހާރު ކުރާއިރު ދެން އޮރީ ޕްރޮޑަކްޝަން ޓީމާއެކު ހައިދްރައާބާދު އަށް ދިއުމެވެ.

ހަބަރުތައް ބުނާގޮތުން މި ފިލްމުގައި އޭނާއާއެކު ބޮލީވުޑްތަރި އައިޝްވާރްޔާ ރާއި ބަޗަން ވެސް މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ފިލްމުގެ ޓީމުން މިކަން ޔަގީންކޮށް ނުދެއެވެ. މިއީ ތެދަކަށް ވާނަމަ، މި ފިލްމު ވާނީ މި ދެތަރިން އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. އެންމެ ފުރަތަމަ އެކުގައި ފެނުނީ 2010 ވަނަ އަހަރު 'އެންތިރަން' އިންނެވެ.

މި ފިލްމުގައި، ރަޖްނިކާންތުއާއެކު ޝިވާ ރާޖްކުމާރު އާއި ވަސަންތު ރަވީ އާއި ވިނަޔަކަން ފެންނާނެއެވެ.

ބޮލީވުޑް ބައެއް ފިލްމުތަކުން ފެނުނު ކަމުގައި ވިޔަސް ރަޖްނިކާންތުއަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.