އާރްޔަން ޚާންގެ ޑެބިއު ސީރީޒްއަށް ތައްޔާރުވާން އެކްޓަރު ލިއޯއާއެކު ޓްރެއިނިން ފަށައިފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިވުނީ ޝާހުރުކްޚާންގެ ދަރި، އާރްޔަން ޚާން ފިލްމީ ދާއިރާއަށް ނުވަންނާނެ ވާހަކައެވެ. އަދި، އޭނާ ބޭނުންވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަން ކަމަށާއި އެކަމަށް މާ ޝައުގުވެރި ކަމަށެވެ.

އެހެންނަމަވެސް، އާރްޔަން ފިލްމީ ދާއިރާ އަށް ނިކުންނަ ޑެބިއު ސީރީޒްގެ މަސައްކަތަށް އޭނާ ތައްޔާރުވާން މިހާރު ވަނީ ފަށާފައެވެ.

ހަބަރުތައް ބުނާގޮތުން އާރްޔަން އަށް ޓްރެއިނިންގ ނަގައިދެނީ، އިސްރާއީލް ޑްރާމާ ސީރީޒް 'ފައުދާ' ގެ ސްކްރީން ރައިޓާ އަދި އެކްޓަރު ލިއޯ ރާޒްއެވެ. އާރްޔަންގެ ފުރަތަަމަ ސީރީޒް އަކީ، ރެޑް ޗިލީ ޕްރޮޑަކްޝަން އިން ގެނެސްދޭ ވެބް ސީރީޒް އެކެވެ. މި ސީރީޒްގެ ސްކްރިޕްޓުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، އަހަރު ފަހުކޮޅު ޝޫޓިންގެ މަސައްކަތް ފެށޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

މީގެ ކުރިން ބުނެފައިވާގޮތުގައި އާރްޔަން އެންމެ ބޭނުންވަނީ، ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތްތަކުގައި އުޅޭށެވެ.

ޝާހްރުކްޚާންގެ އަންހެން ދަރި، ސުހާނާ ޚާންވެސް ފިލްމު އިންޑަސްޓްރީގައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ކުރަމުންދާއިރު މި ފިލްމުގައި އޭނާ އާއެކު އަމީތާބް ބަޗަންގެ ކާފަ ދަރި އަގަސްތުޔާ ނަންދާ އާއި ބޮނީ ކަޕޫރު އާއި ސްރީދޭވީގެ ހަގު ދަރި ޚުޝީ ކަޕޫރުވެސް ފެންނާނެއެވެ. މިއީ ޒޯޔާ އަހްތަރުގެ ފިލްމެކެވެ.