މި ފޭޝަލް ތަކަކީ ގޭގެ ބަދިގޭގައި ހިމެނޭ ސާމާނު ބޭނުން ކޮށްގެން ހެދިދާނެ ފޭޝަލް ތަކެކެވެ. ހަރަދު ކުޑަ ކޮށް ތައްޔާރު ކުރެވޭ މި ފޭޝަލް ތަކުން ހަމަށް ވެސް ވަރަށް ފައިދާވެއެވެ.

1. އޮއިލީ ނުވަތަ ތެޔޮ ސްކިން
މޫނު އަބަދު ތެޔޮކޮށް ހުރުމަކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. ހާއްސަކޮށް އޮފް އަރާފަ ހުރުމަކީ ރީތިވެގެން ހުރި ކަމުގައިވީ ނަމަވެސް ރީތި ކަން ފޮރުވޭ ކަމެކެވެ. އެހެންކަމުން ތިމާގެ ހަމަކީ ތެޔޮ ހަމަކަށް ވާނަމަ ގުދުރަތީ އެއްޗެތި ބޭނުން ކޮށްގެން ތެލުން ސަލާމަތް ވެވިދާނެއެވެ. މިގޮތުން މާމުއި، ޔޯގަޓް، ލުނބޯ، އާފަލު އަދި ދޮންކޭލަކީ މޫނުގެ ގުދުރަތީ ތާޒާކަން ދަމަހައްޓަން އެހީވެދޭ ކާނާއެވެ. މި ކާނާ ތަކުގައި ހިމެނޭ ގުދުރަތީ އެސިޑްގެ ސަބަބުން މޫނުގައި އުފެދިފައިވާ އިތުރު ތެޔޮތައް ނައްތައިލަދެ އެވެ.
• އެއް އާފަލު ގާނާފަ ހަތަރެއް ނުވަތަ ހަ ސައިސަމުސާ މާމުއި (ކުޑަކޮށް ހޫނުކޮށްފަ ހުރި މާމުއި) އާއި އެއްކޮށްލާށެވެ. ދިހަ ވަރަކަށް މިނިޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށް ފަހު ދޮވެލާށެވެ.
• ޓޮމާޓޯއެއް ޗަސް ކޮށްލާފައި އެއަށް ތިން ސައިސަމުސާ ލުނބޯހުތް އަދި އެއް ސައިސަމުސާ އޯޓްމީލް އަޅައި އެއްކޮށްލާށެވެ. މި ތައްޔާރު ކުރެވުނު އެސިޑިކް މާސްކް 15 މިނިޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

2. ޑްރައި ސްކިން މާސްކް
ކިރު، ޗޮކުލެޓް، ޒައިތޫނި ތެޔޮ، ރޯ ދޮންކެޔޮ އަދި މާމުއި އަކީ ޑްރައި ހަމަށް އެންމެ ފައިދާ ކުރުވަނިވި ކާނާއެވެ. އެއީ މި ބާވަތުގެ ކާނާގައި ހަންގަނޑު އުޖާލާކޮށްދޭ (ނޮރިޝިންގ) މާއްދާތައް ހިމެނޭތީއެވެ.
• އާފަލެއް ނުވަތަ ދޮންކެޔޮ (ނޫނީ ބޭނުން އެހެން މޭވާއެއް) ގާނާފައި އެއަށް މާމުއި އަދި ކިރު އަޅައި އެއްކޮށްލާށެވެ. މޫނުގައި ހޭކުމަށްފަހު 15 މިނިޓް ފަހުން ދޮވެލާށެވެ.
• އެއް ސައިސަމުސާ ކޮކޯ ޕައުޑަރ، އެއް ސައިސަމުސާ ރިޗް ކްރީމް މިލްކް، އެއް ސައި ސަމުސާ އޯޓްމީލް، އެއް ސައިސަމުސާ ކޮޓޭޖް ޗީސް އަދި ހަތަރު ސައިސަމުސާ ކިރު މިކްސްޗަރަށް އަޅައި އެއްކޮށްލާށެވެ. އަދި 10 ނުވަތަ 15 މިނިޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ޕޭސްޓް އިތުރު ވެއްޖެނަމަ އަތުގެ އުޅަނބޮށީ ގަ އާއި ކަކުލުގައި ވެސް ހާކައިލެވިދާނެއެވެ.

3. ސަން ޑެމޭޖް ސްކިން
އިރުން ހަންގަނޑު އަނދައިފި ކަމުގައި ވާނަމަ މި މާސްކް ބޭނުން ކޮށްލާށެވެ.
• ބައި ސައިސަމުސާ ޕްލެއިން ޔޯގަޓް (އައިސް ކޮށްފަ)، ހަތަރު ބައި ކޮށްފަ އެއްބައި ސަމުސާ އޯޓްމީލް އަދި އެއަށް ޖޭސްމިން ނުވަތަ ލެވެންޑާ ނުވަތަ ކެމޮމައިލް އެސެންޝިއަލް އޮއިލް އަޅައި އެއްކޮށްލާށެވެ. ( މި އެސެންޝިއަލް އޮއިލް ނެތް ކަމުގައިވާނަ ނޭޅިއަސް ރަނގަޅުވާނެއެވެ) އަދި މޫނުގައި ހޭކުމަށްފަހު 15 ވަރަކަށް މިނިޓް ބަހައްޓާފައި ދޮވެލާށެވެ.

4. ނޯމަލް ނުވަތަ އާދައިގެ ސްކިން
ސްޓޯބަރީ ޗަސް ކޮށްފައި ޔޯގަޓް އާއި އެއްކޮށްލުމަށްފަހު ސްކްރަބް އެއް ގޮތަށް ބޭނުން ކޮށްލާށެވެ. މި ޕޭސްޓް މޫނުގެ އެތެރެއަށް ވަންނަންދެން މަސާޖް ކޮށްލާށެވެ. ބޭނުން ނަމަ އިރުކޮޅަކު މޫނުގައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ނުވަތަ ވަގުތުން ވެސް ދޮވެލެވިދާނެއެވެ. މިހާރު މޫނު ހުންނާނީ މަޑުވެ، އުޖާލާވެފައެވެ.

5. ހުރިހާ ހަމަކާ ގުޅޭ ކިއުކަންބާ މާސްކް
ކިއުކަންބާ އަކީ ކޮންމެ ކަހަލަ ހަމެއްވިއަސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކިއުކަންބާ އަކީ މޫނު ތާޒާކޮށްދޭ އެއްޗެކެވެ.
• އެއް ކުޑަ ކިއުކަންބާ، ދެ ސައިސަމުސާ ޔޯގަޓް (ފިނިކޮށްފައި ހުރި) އެއްކޮށްކޮށްލާށެވެ. އަދި މޫނުގައި ހޭކުމަށްފަހު 10 ނުވަތަ 15 މިނިޓް ފަހުން ދޮވެލާށެވެ.
• ކިއުކަންބާދިޔަ ކޮފީ އާއި އެއްކޮށްފައި މޫނުގައި ހާކާށެވެ. މީގެން މޫނު ތާޒާވެ ނިދިން ހޭލެވޭނެއެވެ.