މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އުރީދޫއިން، އަންނައުނު ވިއްކާ ފިހާރައެއް ކަމަށްވާ ކްލެސިކްއާ ގުޅިގެން ފެށި ޕްރޮމޯޝަން މިއަދު ވެސް ކުރިއަށްދާނެކަން އިއުލާންކޮށްފިއެވެ.

އުރީދޫއާއި ކްލެސިކްގެ ކްލަބް ޕްރިމިއާ ޕާޓްނާޝިޕްގެ ދަށުން މިދިޔަ ބުދަ ދުވަހު އެ ޕްރޮމޯޝަން ފެށީ ކްލެސިކްއިން ވިއްކާ އަންްނައުނުން ޓީޗަރުންނަށް 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ގޮތަށެވެ.

އެ ޑިސްކައުންޓް ލިބެނީ ޓީޗަރުންގެ އައިޑީ ދެއްކުމުންނެވެ.

ކްލެސިކްއަކީ މަޝްހޫރު ޖީ2000 އާއި ޖިއަޑާނޯ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ކްލެސިކް ފިހާރަ ހުޅުވާފައި ހުންނަނީ ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި 10:00އިން 23:00އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ 16:00އިން 23:00އަށެވެ.