07 Oct 2022, 10:55
ހޮންގް ކޮންގްގައި ފަތުވެރިކަން އަލުން "ކިކް-ސްޓާޓް" ކުރުމަށް ގިނަ ފަތުރުވެރިން ހޯދުމުގެ ބޭނުމުގައި އެގައުމުން 500،000 މީހަކަށް ހިލޭ ޓިކެޓު ދިނުމަށް ނިންމައިފިއެވެ.
ކޮވިޑްގެ ކުރިން ހޮންގް ކޮންގް އަށް 2019 ވަނަ އަހަރު އެކަނި ވެސް ވަނީ 56 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. ނަމަވެސް ކޮވިޑާއެކު ޗައިނާގެ ހޮންގް ކޮންގްގެ ފަތުރުވެރިކަން އޮތީ ގާތްގަނޑަކަށް ހެން ހުއްޓިފައެވެ. ކޮވިޑް އާ އެކު އެންމެ ހަރުކަށި ކަރަންޓީންތަކާއެކު އެންމެ ގިނަ ދުވަސް ވަންދެއް އޮތް އެއް ތަނަކީ ޗައިނާ އަދި ހާއްސަކޮށް ހޮންގް ކޮންގްއެވެ.
ނަމަވެސް ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އިއުލާނުކޮށްފައިވާ ކަރަންޓީނު ގަވާއިދުތައް ދާދި ފަހުން އުވާލުމާއެކު މިހާރު ޗައިނާއިން މަސައްކަތް ކުރަމުން އަންނަނީ އަލުން ފަތުރުވެރިން އިތުރުކުރުމަށެވެ.
ހޮންގް ކޮންގް އަށް ފަތުރުވެރިން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 500،000 މީހުންނަށް ޓިކެޓު ހިލޭ ދިނުމަށް ނިންމާފައިވަނީ އެ މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުންނެވެ.
އެއާޕޯޓް އޮތޯރިޓީ ހޮންގް ކޮންގްގެ ސްޕޯސްކްޕާސަންއެއް ފާހަގަކުރި ގޮތުގައި އެ ޓިކެޓުތަކަކީ 254 މިލިއަން ޑޮލަރު ހަރަދުވާނެ ކަމެކެވެ. އަދި މި ޓިކެޓުތަކަކީ ޗައިނާގެ މީހުންގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންނަށް ވެސް ދޫކުރާ ޓިކެޓުތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ޓިކެޓުތަކާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.