06 Oct 2022, 09:04
ދިވެހިންނަށް ޓޫރިޒަމްއަކީ އާ އެއްޗެއް ނޫނެވެ. ރާއްޖޭގެ މުޅި އިގުތިސޯދު ބަރޯސާ ވެފައިވަނީ ޓުއަރިޒަމް އަށެވެ. ނަމަވެސް ދިވެހިންނަށް އެންމެ ބޮޑަށް އެނގޭ ޓޫރިޒަމް އަކީ ރިޒޯޓުތަކާ ގުޅިފައިވާ ޓޫރިޒަމް އެކެވެ. އެކަމަކު ނިދުމާ ގުޅުންހުރި ޓޫރިޒަމް އެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީ މިހާރު މަގުބޫލުވަމުން އަންނަ ޓޫރިޒަމް އެކެވެ.
ނިދުމާ ގުޅުންހުރި ނުވަތަ ސްލީޕް ޓޫރިޒަމް އަކީ ފުރަތަމަ ކޮބާ ހެއްޔެވެ؟ ނިދުމަށް ހާއްސަކޮށް ނިދުމުގެ ކޮލިޓީ ރަނގަޅު ކުރުމަށް ގެސްޓް ހައުސް ނުވަތަ ހޮޓެލްތައް ހިފައިގެން މީހުން ތަންތަނަށް ދިޔުމަކީ ސްލީޕް ޓޫރިޒަމްއެވެ.
މިއީ ކޮވިޑަށް ފަހު މަގުބޫލުވަމުން އަންނަ ޒާތުގެ ޓޫރިޒަމް އެކެވެ. ގެސްޓް ހައުސްތަކާއި ރިޒޯޓުތަކުން އަންނަނީ ރަނގަޅު ކޮލިޓީގެ ނިދި ފޯރުކޮށްދިނުމަށް ޕްރޮމޯޓުކޮށް ހާއްސަ ޕެކޭޖުތައް ތައާރަފުކުރަމުންނެވެ. މި ޕެކޭޖުތައް އަންނަނީ މި ފަހަކަށް އައިސް ވަރަށް މަގުބޫލުކަން ހޯދަމުންނެވެ.
މިފަދަ ޓޫރިޒަމްއަށް އޮތް މަގުބޫލުކަން އިތުރުވާން ފެށުމުން ރިޒޯޓުތަކުންް އަންނަނީ ނިންޖަށް ހާއްސަ ކޮށް ނިދީގެ ކޮލިޓީ ރަނގަޅު ކުރުމަށް ބޭނުން ވާނެ ވަސީލަތްތައް ވެސް އިތުރު ކުރަމުންނެވެ. އޭގެތެރޭގައި ސައުންޑް ޕްރޫފް ކޮޓަރިތަކާއި ބޭނުން ވަރަކަށް އަނދިރި ކުރެވޭ ކޮޓަރިތައް ތައާރަފުކޮށްފައިވެއެވެ.
މިފަދަ ޓޫރިޒަމް އަކަށް މަގުބޫލުކަން އިތުރުވާން ފަށާފައިވަނީ ފަތުރުވެރިން ގިނަ ފަހަރަށް ދަތުރު ކުރާއިރު ފަތުރުވެރިންގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ނިދާ ތަނުގެ ފެންވަރަށް ބަލަން ފެށުމެވެ. ނިދާ ތަނުގެ ފެންވަރު ރަނގަޅު ކުރުމަކީ ފަތުރުވެރިން މިހާރު ވަރަށް އިސްކަން ދޭ ކަމެކެވެ. އެ ސަބަބާ ހުރެ ސްލީޕް ޓޫރިޒަމް މިހާރު އަންނަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.