03 Apr 2012, 10:45
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އަލުން އެކުލަވާލައްވައި، އެބޯޑުގެ ޗެއާމަނަކަށް މައްޗަންގޮޅި ހަވޭލި މުހައްމަދު ސައީދު މިއަދު ހަމަޖަައްސަވައިފި އެވެ.
ބޯޑުގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދެބޭފުޅުންނަކީ މެނެޖިން ޑިރެކްޓަރު ހެންވޭރު ނޫމުތީ މުހައްމަދު އިބްރާހީމާއި މޯލްޑިވްސް ހެޑް އޮފް ސޭފްޓީ އެންޑް ސްޓޭންޑަޑްސް ގަލޮޅު ކެތުލިން އިބްރާހީމް ހާލިދެވެ.
ްެއެބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ދަފްތަރު ނަމްބަރު 8309 އިބްރާހީމް އިޔާސާއި، މާފަންނު މަހެކް ހުސައިން ޝިޔާމާއި މާފަންނު މުލީގެ އިބްރާހީމް މުހައްމަދާއި އަދި މާފަންނު އެލްސިޔޯން ޑރ. އިބްރާހިމް މަހުފޫޒެވެ.