05 Oct 2022, 22:05
ޓީޗަރުންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ހަދިޔާއެއްގެ ގޮތުގައި ޓީޗަރުންނަށް ޑިސްކައުންޓެއްދޭން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ބައެއް މުދަލުން ޓީޗަރުންނަށް ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި މިއީ އެއްދުވަހުގެ ޑިސްކައުންޓެއް ނޫންކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޑިސްކައުންޓަކީ ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ސްކޫލުތަކުގެ ހުރިހާ ޓީޗަރުންނަށް ވެސް ލިބޭނެ ޑިސްކައުންޓެކެވެ.
"އެސްޓީއޯއިން އަބަދުވެސް ގަބޫލުކުރަނީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރާ ފަރާތްތަކެއްކަމަށް،" އެސްޓީއޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ޓީޗަރުންގެ އަގު އެ ކުންފުނިން އަބަދުވެސް ވަޒަންކުރާކަމަށެވެ.