05 Oct 2022, 15:13
އެސްޓީއޯއިން ވޯލްޑްކަޕާ ގުޅުވައިގެން "ހޭވައްލާ ތައްޔާރު ޕްރޮމޯޝަން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތުގައި ހޭވައްލާ ތައްޔާރު ޕްރޮމޯޝަން ލޯންޗް ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެ ކުންފުނީގެ ރީޖަނަލް ފިހާރަތުކުގައި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯގެ "ހޭވައްލާ ތައްޔާރު ޕްރޮމޯޝަން" ތާއަރަފް ކުރުން / ސަން ފޮޓޯ ނާއިލް ހަސަން
ހޭވައްލާ ތައްޔާރު ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ މީހުންނަށެވެ.
އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ޓީވީއަކާއެކު ބްރެކެޓް ހިލޭ ލިބޭނެ ކަމަށާއި 50 އިންޗީގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާއެއް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ "ހޭވައްލާ ތައްޔާރު ޕްރޮމޯޝަން" ތާއަރަފް ކުރުން / ސަން ފޮޓޯ ނާއިލް ހަސަން
އެ ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިންނަށް ތިން އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއްވަނަ އިނާމަކަށް އައިފޯން 14 ޕްރޯ މެކްސްއެއް ދޭން ނިންމާފައިވާއިރު ދެވަނަ އިނާމަކަށް ދޭނީ ވީއާރްއާއެކު ޕީއެސް5 އެކެވެ.
ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000 ރުފިޔާގެ ގިފްޓް ވައުޗައެއް ލިބޭނެއެވެ. އެ ގިފްޓް ވައުޗާގެ ދަށުން ގަނެވޭނީ ގެއަށް ބޭނުން ވާ ތަކެއްޗާއި، ބަދިގޭގައި ބޭނުން ކުރާ ސާމާނުކަަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދާ ދުވަސްތަކުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމް ލިބޭ ބައެއް ގޭމްތައްވެސް ކުރިއަށް ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.