03 Apr 2012, 09:49
ފުލުހުން ވެހިކަލް ޗެކް ކުރަމުން ދަނިކޮށް ސައިކަލުގައި ވަދެ ފުލުހުންގެ ގައިގައި ސައިކަލުން ޖައްސައި ހަމަލާ ދިނުމަށް ފަހު ފިލި މީހަކު ހޯދައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކުރީ މ. ލޭންޑް އޮފް ގާޑްން، އިބްރާހިމް އިކުރާމް 20، އެވެ. އިކުރާމް ފުލުހުންގެ ގައިގައި ސައިކަލުން ޖައްސާ ހަމަލާ ދިނީ މިދިއަ ހޯމަ ދުވަހުގެރޭ ހުޅުމާލޭ ފެރީ ސަރަހައްދުގައި ފުލުހުން ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ވެހިކަލްތައް ހުއްޓުވާ ފާސް ކުރަމުން ދަނިކޮށެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:45 އެހާކަންހާ އިރު ސައިކަލްތައް ޗެކްކުރަމުން ދަނިކޮށް އިކްރާމް ސައިކަލުގައި ވެދެ ފުލުހުންނަށް ހަމަލާ ދިނުމަށް ފަހު ފިލާފައި ވަނިކޮށް ހައްޔަރު ކުރީ ރޭ 11:35 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.