ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް މިރޭ ޗެމްޕިއަން ބާސެލޯނާ އާއި އޭސީމިލާން ނުކުންނައިރު ދެ ޓީމުން ވެސް ބުނަނީ އެެއްބަޔަކަށްވުރެ އަނެއް ބަޔަކު މޮޅު ކަމަށެވެ.

މި މެޗުގައި ލަނޑު ޖަހައިގެން އެއްވަރުވެއްޖެނަމަ ބާސެލޯނާ ކަޓައި މިލާން ސެމީ އަށް ދާނެ އެވެ. ލަނޑެއް ނުޖެހި އެއްވަރުވެއްޖެނަމަ ޖެހޭނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ. އެއީ މި ދެ ޓީމު ސެންސީރޯގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވާތީ އެވެ. ބާސެލޯނާގެ ފޯވަޑް ޕެޑްރޯ ރޮގްރިގޭޒް ބުނީ އެގޮތް ވެއްޖެނަމަ އޭނާގެ އުއްމީދު ކުޑަކަމަށެވެ.

މި މެޗަކީ ބާސެލޯނާގެ ކޯޗު ޕެޕްގާޑިއޯލާއާ މައްސަލަޖެހިގެން 2010 ވަނަ އަހަރު މިލާނަށް ބަދަލުވި ލާޓަން އިބްރަހިމޮވިޗް ބާސެލޯނާގެ ނޯކޭމްޕަށް ކުރާ ފުރަތަމަ ޒިޔާރަތެވެ. އަދި އޭނާއާއެކު ފޯވަޑް ލައިނުގައި ކުޅެން ބްރެޒިލްގެ އެލެގްޒެންޑާ ޕަޓޯ ފިޓްވުމަކީ ވެސް މިލާނަށް ލިބޭނެ ހިތްހަމަޖެހުމެވެ.

ނަމަވެސް ކޯޗު އަލެގްރީ ބުނީ ބާސެލޯނާއާ ކުޅެން އޭނާ ގެންދާ ފަސް ފޯވަޑުންގެ ތެރެއިން އެކަކު ޓީމުން އުނިކުރަން ޖެހޭ ކަމަށާއި އެމީހަކީ ކާކުކަން އެނގޭނީ ބާސެލޯނާގެ ދަނޑުގައި ކުރާ އެންމެ ފަހުގެ ފަރިތަކުރުންތަކަށްފަހު ކަމަށެވެ.
މި މެޗުން މޮޅުވާ ޓީމެއް ސެމީފައިނަލުގައި ކުޅެން ޖެހޭނީ ޗެލްސީ އާއި ބެންފީކާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.