19:00


މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ ނައިޓް މާކެޓް، ހަ ސަތޭކަ އަށް ވުރެ ގިނަ މޭޒާ އެކު މަދާމާ ރޭ ހުޅުވާނެ އެވެ.


ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި އަލޯރާ ގުޅިގެން ބާއްވާ "އަލޯރާ ނައިޓް މާކެޓާއި" ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ މާދަމާ ރޭ ނައިޓް މާކެޓް ހުޅުވުމަށް ނިންމާފައިވާއިރު ކަންބޮޑުވާ އުޅެނީ ދެ ކަމެއް ކަމަށެވެ. އާސިފް ވިދާޅުވީ މޫސުމުގެ މައްސަލައާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި އަދި ނައިޓް މާކެޓްގައި ބައިވެރިވާ ވިޔަފާރިވެރިންނަށް އެކަންތަކަށް ސަމާލުވުމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ ބާޒާރު މާދަމާ ރޭ ހުޅުވާއިރު އެ ސަރަހައްދުގައި ނައިޓް މާކެޓް ހިނގަމުންދާއިރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ އެ ސަރަހައްދަކީ ގޭސް ގުދަންތަކާއި ތެޔޮ ބާޖުތައް ހިމެނޭ ސަރަހައްދަކަށްވެފައި ބައެއް ފަރާތްތަކުން އެ ހިސާބުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. 


631 އެއްމޭޒުގެ ޖާގައާ އެކު ހުޅުވާ ނައިޓް މާކެޓް ހުޅުވައިދެއްވާނީ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ކަމަށް އާސިފް ވިދާޅުވި އެވެ.