30 Sep 2022, 20:08
އުރީދޫގެ ޕަބްޖީ ޕެކް އެކްޓިވޭޓް ކުރާ މީހުންގެ ތެރެއިން ފަސް ނަސީބުވެރިއަކަށް ވީއާރު ކެފޭއިން ވީއާރް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނީ އެ ގުރުގައި ބައިވެރިވެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ ޕެކް އެކްޓިވޭޓް ކުރާ މީހުންނަށް ކަމަށެވެ. ވީއާރް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނީ އެއް ގަޑިއިރަށް ކަމަށް ވެސް އުރީދޫއިން ބުނެއެވެ.
ޕަބްޖީއަށް ޚާއްސަކޮށްގެން އުރީދޫއިން ވަނީ ތިން ޕެކް ތައާރަފު ކޮށްފައެވެ. އެއީ 50 ރުފިޔާގެ ޕެކްއަކާއި، 100 ރުފިޔާ އަދި 350 ރުފިޔާގެ ޕެކްއެކެވެ.
އުރީދޫއިން ތައާރަފު ކޮށްފައިވާ 50 ރުފިޔާގެ ޕެކްއަކީ ހަތް ދުވަހުގެ މުއްދަތަށް އެއް ޖީބީ ލިބޭ ޕެކްއެކެވެ. ސަތޭކަ ރުފިޔާގެ ޕެކްއަކީ އެއް މަސް ދުވަހަށް ލިބޭ ދެ ޖީބީގެ ޕެކްއެކެވެ. އަދި 350 ރުފިޔާގެ ޕެކް އަކީ އެއް މަސް ދުވަހަށް 50 ޖީބީ ލިބޭ ޕެކްއެކެވެ.