02 Apr 2012, 16:34
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢްލޫމާތު ސަރުކާރުގެ އިސް ބޭފުޅުންނަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޓަނޭޝަލަން މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިއަދު ދެއްވައިފި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ް
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މަޢުލޫމާތު ދިނުމުގެ މިބައްދަލުވުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ގޮތާއި، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި އައިއެމްއެމްއެފުން މައުލޫމާތު ދިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް އެ އޮފީހަކުން ނުބުނެ އެވެ.
މާލީ ޙާލަތު ރަނގަޅު ކުރެވިދާނެ ކަމަށް އައިއެމްއެފް އިން ހުށަހެޅި ފިޔަވަޅުތަކަކީ ވަރަށް އުނދަގޫ ފިޔަވަޅުތަކެއްކަމަށް ވިޔަސް، އެއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އައިއެމްއެފް އިން ލަފާދިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިޤްތިޞާދީ ފުން ވަޅުގަނޑުން ސަލާމަތްވުމަށް ޓަކައި ހުރިހާ ފަރާތްތަކަކުން އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތް ކުރުމަށްވެސް އައިއެމްއެފްއިން ލަފާދިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.