Last Updated:
3 year 2 month ago

އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ޖަލްސާގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ޖަލްސާގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    23:23

    މި ރަސްމިއްޔާތުގައި ވަނީ އާރްޓީއެލްއާ ގުޅޭ ޚާއްސަ ލަވައެއް ވެސް ނެރެފައި. މިލަވަ ނެރެދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

    23:02

    އާރްޓީއެލްގެ ޚިދުމަތާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ދެއްކެވީ ބޮޑުތިލަދުންމަތި ބޮޑުވެއްޖެކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވި

    އާދަމް އާޒިމް، އެމްޓީސީސީގެ ސީއީއޯ

    އެމްޓީސީސީ މިއޮތީ ރައީސްގެ ވައުދުތައް ފުއްދަން މެކުހަށް ޖަހާފައި. އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުން ވެސް ރައީސް ޞާލިހާއެކު މެކުހަށް ޖެހުމަށް
    22:58

    ރައްޔިތުން ފިކުރާވާ ކަންބޮޑުވުންތައް ވިސްނިވަޑައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް މަސައްކަތް ކޮށްދެއްވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި

    22:57

    އާރްޓީއެލްގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާ ޒަމާނަކަށް ބަދަލުކޮށްދޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި

    އާދަމް އާޒިމް، އެމްޓީސީސީގެ ސީއީއޯ

    އާރްޓީއެލްގެ ދަށުން ފަޅުވެރިންނާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ހާހެއްހާ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ.
    22:52

    އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލް ފެރީން އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް ރަށަކީ ހދ. މަކުނުދޫ ކަމަށް. އެގޮތުން ކުޅުދުއްފުއްޓަށް ގޮސް ބޭސްފަރުވާ ކުރަން ބޭނުންވާ މީހުންނަށް އާރްޓީއެލްއަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް އާޒިމް ވިދާޅުވި

    އާދަމް އާޒިމް، އެމްޓީސީސީގެ ސީއީއޯ

    އާރްޓީއެލް ފެރީތަކުގައި ހުންނާނީ މަތިންދާ ބޯޓުންގައި ވެސް ހުންނަ ފަދަ ފަސޭހަ ގޮނޑިތަކެއް
    22:46

    އާރްޓީއެލްގެ ޚިދުމަތް ފެށުމުން ދިވެހީން ރަށު ބަންދުން ވީއްލިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި

    22:13

    އާރްޓީއެލް ފެރީގެ ނިޒާމުގެ ސަބަބުން އާއިލީ ގުޅުންތަކާއި އިގްތިޞާދީ ގުޅުންތައް ބަދަހިވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވި

    ރައީސް ޞާލިޙް

    އާރުޓީއެލް ގެނެސްދިން ބޮޑު ބަދަލާ، ފަސޭހައާއެކު އެކީ ލިބުނު މާބޮޑު އެހެން އިތުބާރަކާ
    ޔަޤީންކަމެއް. އެޓީމްގެ ބުރަ މިންނެތް އެޚުލާސްތެރި
    މަސައްކަތް ނުވިނަމަ، މިރޭގެ މިޖަލްސާ ބާއްވަން އަދި އިތުރު ހަ މަސް ބޭނުންވާނެ.
    އެކަމަށް އާޒިމްއަށާއި، އެމްޓީސީސީގެ މުޅި ޓީމަށް ހިފެހެއްޓުމެއް ނެތި ޝުކުރާ ސާބަސް
    ދަންނަވަން. އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެ ތަޞައްވުރަށް، އަމަލީ ސިފަ ގެނައުމުގާ ޓީމް އެމްޓީސީސީއިން ކުރައްވަމުން އެގެންދަވަނީ ، ބުރަ އެކަމަކު އިތުބާރުހުރި މަސައްކަތެއް
    ރައީސް ޞާލިޙް

    ރަށްރަށުގެ މެދުގާ ކުރިން އޮތް ދުރުކަމާ، ހުސްކަމާ ފޫހިކަން، މަޑުމަޑުން ނައްތާލާނެ
    ވަޞީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، މާގަޔާވާ އާރުޓީއެލް ކަމުގާ ވާނެ
    ރައީސް ޞާލިޙް

    ދިއްދޫގާ ހުރެ މިވާހަކަ ދައްކާއިރު، މި ދިއްދޫއަށް އަޅުގަނޑުމެން ގެންނަން ބޭނުންވާ
    ބަދަލުތަކުގެ ލިސްޓެއް އެބައޮތް. އެ ލިސްޓުގާ މިދަނީ ފާހަގަ ޖެހެމުން. ޖޫނިއާ
    ކޮލްޖްގެ މަސައްކަތް ފެށިއްޖެ. ތަޢުލީމީ މަރުކަޒުގެ 12 ކްލާސް ރޫމްގެ މަސައްކަތް
    އެދަނީ ކުރިއަށް. ބަނދަރު އެދަނީ، ދިއްދޫ ރައްޔިތުން ބޭނުންވި ގޮތަށް ބޮޑު
    ކުރެވިގެން. ބަނދަރަށް އިތުރު ކުރެވޭ 620 ފޫޓާއެކު، ނިމޭއިރު 1900 ފޫޓު ދިގު
    ބަނދަރަކަށް ބަދަލުވާނެ. އިތުރު މަގުތައް ހެދުމަށް އާރުޑީސީއާ ހަވާލް ކުރެވިއްޖެ. ދިއްދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު، މި ރަށުގެ އަމާން ވެށީގެ
    ޚިދުމަތް އެދަނީ ފޯރުކޮށްދެވެމުން
    ރައީސް ޞާލިޙް

    ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ސޭލާ ހުއްޓިފާ އޮތުމަކީ، ބަނދަރެއްގެ ނަމުގާ
    ކުރެވޭނެ އިސްރާފެއް. އެބަނދަރުން ގިނަމުދާ ބަދަލުވި ވަރަކަށް، އާންމު އާމްދަނީއާ،
    ކުދި ވަތްގަނޑު ތަކާ ވިކުރާ ހިނގުން އިތުރުވާނެ. އެބަދަލު ނުފެނި، އިޤްތިޞާދީ
    ދުޅަހެޔޮ ކަމެއް ނުފެންނާނެ. ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު ،
    ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެއްޖެ. ބޮޑު ތިލަދުންމައްޗަށް
    ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގާ، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އިތުރަށް ތަރައްޤީ
    ކުރެވޭނެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން، އެމަސައްކަތް އެބަ ހިންގަވާ
    ރައީސް ޞާލިޙް

    އުތުރުގެ އިޤްތިޞާދީ މައިދޮރޯށީގެ ގޮތުގާ ހަނިމާދޫ ހުޅުވާލެވުނު ނަމަ، މިސަރަހައްދުގެ
    8000 ޓޫރިސްޓް އެނދު، ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް. ބޮޑުތިލަދުންމައްޗަށް
    މިގެންނަ ބޮޑު ބަދަލު، މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫ
    އަށް ވެފައި އެއޮތް ގޮތް. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އެބަދަލު އަންނާނީ، އަދި ގެންނާނީ، މިހާރު ބޮޑު ތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލާއެކު.
    ރައީސް ޞާލިޙް

    އަމިއްލަ ޤައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން ، މިރަށްތަކުގެ ހޮޓާތަކާ ގެސްޓް
    ހައުސްތަކަށް އައިސް ގޮސްވެވޭނެ. އެކަމަށް ދުވެ-ދުވެ އެހުރި، އާރުޓީއެލް ފުދޭނެ.
    ދުވެލި މަޑެއް ނުވާނެ، އަދި ޓިކެޓްގެ އަގު ބޮޑެއްވެސް ނުވާނެ . އޭރުން މިއަވީގާ
    ޖެހިލާ، މިރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން، ބޮޑު ތިލަދުންމައްޗަށް ނައިސް
    ދުނިޔެއަކަށް ނޯވެވޭނެ.
    ރައީސް ޞާލިޙް

    މިމަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓްކޮށް، އެވޯޑް ކުރެވިފާ މިވަނީ، މާލެ ސަރަހައްދުން
    ބޭރުގާ ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިޕްރޮޖެކްޓް މިހިންގަނީ، ޖަޒީރާ ވަންތަ
    ވިޔަވަތި ދިރިއުޅުން، މިސަރަހައްދުގެ 41 ރަށަށް ލިބިދިނުމަށް. ހަނިމާދޫ ވެގެންދާނީ، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑުބަދަލު، ވަދެގެން އަންނަ މައި ދޮރާއްޓަށް. މިފަހަރު، އެންމެ ފަހުކަމެއްގެ ގޮތުގާ ނޫނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަންބޯޑު ހަރެއް ނުކުރާނަން
    ރައީސް ޞާލިޙް

    ބޭނުންވަނީ އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް، ޚިދުމަތް ދެވޭނެ ޒަމާނީ
    ޓާމިނަލެއް، އަލުން އިމާރާތް ކުރުން. ރަންވޭ ދިގުކޮށް، ޓާމިނަލް އާކޮށް ބޮޑު
    ކުރާނަމަ، އެއާ ގުޅޭ ކޮންމެހެން ލާޒިމު، އަނެއް ބޮޑު ބަދަލު، މިބޮޑު ތިލަދުން
    މައްޗަށް އަންނަން ޖެހޭ. މިސަރަހައްދުގާ ރިޒޯޓް، ހޮޓާ، ގެސްޓް ހައުސްގެ ގޮތުގައި
    8000 ޓޫރިސްޓް އެނދު ގާއިމު ކުރުމުގެ އަމާޒު އެބައޮތް.
    އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ
    ރައީސް ޞާލިޙް

    ހަނިމާދޫ އެއަރޕޯޓަށް، ދެންވާނީ ކުރިން ވީގޮތެއް ނޫން. އެ މަޝްރޫޢަށް ބޭނުންވާ،
    1.2 ބިލިއަން ރުފިޔާ ހަމަޖެހިއްޖެ. ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް
    ހަވާލުކުރެވިއްޖެ. ހަނިމާދޫގާ މިހާރު އޮތް 2.1 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ
    46.2 ކިލޯމީޓަރުގެ ރަންވޭ އަކަށް. އެއީ އޭޝިއާގެ އިރުމައްޗާ، ދެކުނު އިރުމަތީ
    އޭޝިއާއިން، ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާ،
    އިރުމަތީ އެފްރިކާ، ބޮޑު ތިލަދުންމައްޗާ ގުޅުވާދޭނީ އެ ރަންވޭއިން. ރަންވޭއަށް އަންނަ
    ތަރައްޤީ، ޓާމިނަލަށް ނުގެނެސް، ހަނިމާދޫ އިންޓަނޭޝަނަލެއް ނުވާނެ.
    ރައީސް ޞާލިޙް

    ރަަށްތައް ގިނަޔަސް، އުޅަނދު ތަކުގެ އަދަދު މައްޗަސް، މިކަމުގާ ފަސްޖެހި
    ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މިބޮޑު ބަދަލު،
    ހަމަހަމަ ކަމާއެކު، މުޅިރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް، ރާއްޖެއަށް އަންނާން
    ނެތުން.
    ރައްޔިތުން ފުދުންތެރި ވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން. ގޮސް އައިސް ވެވިގެން.
    އާރުޓީއެލްގެ ޖީބަށްލުއި، އަރާމު ބާރު ދުވެއްޔަކީ، އިޤްތިޞާދީ ޙަރަކާތް އެތައް ގުނައެއް
    އިތުރުވާނެ ކަމެއް.
    ރައީސް ޞާލިޙް

    ކުުރިއަށް އޮތް އަހަރުގެ ތެރޭގާ އާރުޓީއެލްގެ އުޅަނދު ފަހަރުން، މުޅިހުވަދޫ އެކުގާ
    އަމުނާ ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރްޓީއެލް އީކުއެޓަރ
    ހުރަސްކޮށް، ފުވައްމުލަކާ އައްޑޫ، އަދި ހުވަދޫ އެކުގާ ގުޅުވާލެވޭނެ.
    ބޮޑުތިލަދުންމަތީގެ މިބޮޑު ބަދަލާ އެއްގޮތަށް، މުޅިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް
    ބޭނުންވާ އިތުރު 65 މިފަދަ ޒަމާނީ އުޅަނދު، ބަނުމުގެ ކޮންޓްރެކްޓް ހަވާލު ކުރެވި،
    އެމަސައްކަތް ހިނގަމުން އެބަދޭ
    ރައީސް ޞާލިޙް

    ގެއްލިދިޔަ އެތަނަވަސްކަމާ، ފުދުންތެރި އަމިއްލަ އިޤްތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާ
    އަތޮޅަކަށް އަންނަންޖެހޭ. އެބޮޑު ބަދަލު ފެށެނީ އާރުޓީއެލްގެ ވިއުގައިން. މިއަދު
    ބޮޑު ތިލަދުންމައްޗަށް ގެނެވިފައިވާ މިބޮޑު ބަދަލުން
    ރައީސް ޞާލިޙް

    އާރްޓީއެލް އުޅަނދެއްގެ ނަލަ ދުވެލީގައި، އަޅުގަނޑު ދިއްދޫއަށް މިއަދު މިއައީ މި ސަރަހައްދަށް، ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލުގެނުވާ ޒޯން 1 ގެ އާރްޓީއެލް ފެރީ ނިޒާމް ރަސްމީކޮށް އިފްތިހާުކުރުމުގައި ބައިވެރިވުމަށް. މިއީ އަޅުގަނޑަށް ލިބޭ އުފަލަކާއި ޝަރަފެއް
    21:42

    އެމްޓީސީސީ އަދި ޕްލޭނިން މިނިސްޓްރީއާ އެކު އާރްޓީއެލްގެ ފުރަތަަމަ ފޭސްގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ ފެބްރުއަރީ 2021ގައި. އެ އަހަރުގެ އޭޕްރީލް މަހު މި މަޝްރޫއަށް ބޭނުންވާ ފެރިތައް ބަނުމަށް ގަލްފް ކްރާފްޓާއި ހަވާލު ކުރި. އެ އެއްބަސްވުމުގެ ދަށުން ބަން 17 ލޯންޗުގެ ފްލީޓް އަންޑޮކް ކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހު.

    މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، އާރްޓީއެލް ފެރީ ދަތުރުކުރާ 18 ރަށެއްގައި ރަނގަޅު ފެންވަރުގެ ޓާމިނަލް ގާއިމުކުރި. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 67 މުވައްޒަފަކަށް ވަނީ ވަޒީފާ ދީފައި.

    އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ
    21:42

    އެމްޓީސީސީ އަދި ޕްލޭނިން މިނިސްޓްރީއާ އެކު އާރްޓީއެލްގެ ފުރަތަަމަ ފޭސްގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ ފެބްރުއަރީ 2021ގައި. އެ އަހަރުގެ އޭޕްރީލް މަހު މި މަޝްރޫއަށް ބޭނުންވާ ފެރިތައް ބަނުމަށް ގަލްފް ކްރާފްޓާއި ހަވާލު ކުރި. އެ އެއްބަސްވުމުގެ ދަށުން ބަން 17 ލޯންޗުގެ ފްލީޓް އަންޑޮކް ކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހު.

    މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، އާރްޓީއެލް ފެރީ ދަތުރުކުރާ 18 ރަށެއްގައި ރަނގަޅު ފެންވަރުގެ ޓާމިނަލް ގާއިމުކުރި. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 67 މުވައްޒަފަކަށް ވަނީ ވަޒީފާ ދީފައި.

    21:35

    އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަކީ ބޮޑު އުތުރާއި މުޅި ބޮޑު ތިލަދުންމައްޗަށް ތާރީޚުގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް ރައީސް ޞާލިހު ވިދާޅުވި

    21:31

    މި ޖަލްސާއަށް އެކި ރަށްތަކުން މީހުން އައިސްފައި ވަނީ ވެސް އާރްޓީއެލް ފެރީތަކުގައި

    21:22

    އާރްޓީއެލްގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް