އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްލެކްބާންއާ ދެކޮޅަށް ނިކުންނާނީ ސަޕޯޓަރުންގެ ހިތްވަރާއެކު، ލީގް ދިފާއު ކުރުމަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރުނީ ބުނެފި އެވެ.

މެންޔޫ މިރޭގެ މެޗަށް ނިކުނައިރު، އެޓީމަށް ލިބިފައިވާ އެންމެ ބޮޑު ރަނުގެ އެއް ފުރުސަތަކީ މެޗުން މޮޅުވެގެން ތާވަލުގެ ދެވަނާގައިވާ ވާދެވެރި މެންސިޓީއާ ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތު ލިބިފައިވުމެވެ.

މިރޭގެ ބޮޑު މެޗަށް ނިކުތުމުގެ ކުރިން ރޫނީ ބުނީ، ލީގުގައި އެންމެ ފަހުން ބްލެކްބާނާ ދެކޮޅަށް މެންޔޫ ކުޅުނު މެޗުގައި ދަނޑު މަތިން އޭނާ ނުފެނުނު ކަމުގައި ވިޔަސް، މިރޭގެ މެޗަށް ނިކުންނާނީ ޓީމަށް ކާމިޔާބީއެއް ހޯދާދިނުމަށް ކަމަށެވެ. އަދި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލަން ބޭނުން ވަނީ ބައިކޮޅަށް ގޯލެއް ނުވައްދައި ކަމަށެވެ.

ލީގުގައި އެންމެ ފަހުން މިދެ ޓީމް ކުޅުނު މެޗް 3-2 ލަނޑުން ކާމިޔާބު ކުރީ ބްލެކްބާނެވެ. އެމެޗުން ރޫނީ ނުފެނުނީ ސަސްޕެންޑް ކޮށްފައި ވާތީ އެވެ.

ލީގް ތާވަލްގެ އެންމެ ކުރީގައި މެންޔޫ މިވަގުތު އޮތް ނަމަވެސް ބްލެކްބާގެ މެޗަށް ނިކުންނައިރު، ކޯޗް ފާގަސަން ބުނީ، މި ބޮޑު މެޗާ ކުރިމަތި ލާއިރު، ޓީމުގައި އަނިޔާގެ މައްސަލަތައް ހުރި ނަމަވެސް، މެޗަށް ނިކުންނާނީ ކުރީގެ ހަނދާންތަކުން މިންޖުވެ، މޮޅެއް ހޯދުމުގެ އަޒުމުގައި ކަށެވެ.


"ބެލެކްބާން އަކީ މޮޅުޓީމެއް. އެޓީމުގެ ޑިފެންޑަރުން އުނދަގޫތަކުން ސަލާމަތް ވުމަށް މިފަހަރު ވިންނާނީ މެންޔޫގެ ފޯވާޑުންނެއް ނޫން. މުޅި ޓީމް އެކަމާ ވިސްނާނެ" ފާގަސަން ބުންޏެވެ.


މިރޭގެ މެޗަށް ބްލެކްބާން ނިކުނައިރު ، އެޓީމް އޮތީ ތާވަލްގެ 17 ވަނައިގައި 28 ޕޮއިންޓާ އެކު އެވެ. އަދި ތާވަލްގެ އެއް ވަނައި ގައި މެންޔޫ އުޅެނީ ސިޓީއަށް ވުރެ، ދެ ޕޮއިންޓުގެ ކުރިއެރުމަކާއެކު ޖުމްލަ 78 ޕޮއިންޓާއެކު އެވެ.