27 Sep 2022, 12:04
ކްލައުޑްފްލޭއާ އިން މޯބައިލް ޑިވައިސްތައް ރައްކާތެރި ކުރުމަށް އީސިމް ޚިދުމަތެއް ތައާރަފްކޮށްފިއެވެ.
ސްމާޓް ފޯނުތަކުގެ ސެކިއުރިޓީ ކަށަވަރު ކޮށްދިނުމުގައި ކްލައުޑް ފްލެއާ އިން އާ ޚިދުމަތެއް ތަޢާރަފް ކޮށްފައިވާއިރު، މިއަދު އެ ކުންފުނިން ވަނީ ސްމާޓްފޯނު ބޭނުންކުރާ ފަރާތްތަކާއި ކޯޕަރޭޓް ފޯނުތައް ސެކިއުރިޓީ ކުރާ ކުންފުނިތަކާއި ޑޭޓާގެ ޚިދުމަތް ވިއްކާ ކެރިއަރުންނަށް އަމާޒުކޮށްގެން އުފައްދާ ދެ ޕްރޮޑަކްޓް އޮފާއެއް ކަމަށްވާ ޒީރޯ ޓްރަސްޓް ސިމް އާއި ޒީރޯ ޓްރަސްޓް ފޯ މޮބައިލް އޮޕަރޭޓަރސް އިއުލާންކޮށްފައެވެ.
ސްމާޓްފޯނަކުން ނުކުންނަ ހުރިހާ ޑޭޓާ ޕެކެއް ރައްކާތެރި ކުރުމަށް ފަރުމާކޮށްފައިވާ ޒީރޯ ޓްރަސްޓް ސިމް، އެމެރިކާގައި ލޯންޗު ކުރުމުން، މިހާރު ހުރި މޯބައިލް ޑިވައިސް މެނޭޖްމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް ޑިޕްލޮއި ކުރެވޭ އީސިމްގެ ގޮތުގައި އެ ޚިދުމަތް ލިބޭނެއެވެ. އެއީ ވަކި ޑިވައިސްއަކަށް ލޮކްކޮށް، ސިމް ބަދަލުކުރުމުގެ ތެރޭގައި އަންނަ ހަމަލާތަކުގެ ނުރައްކާ ކުޑަކޮށް، ސްޓެންޑަލޯން ކޮންފިގްރޭޝަނެއްގައި ނުވަތަ ކްލައުޑްފްލޭއާގެ މޯބައިލް އޭޖެންޓް ވޯޕް އާ ގުޅިގެން ބޭނުންކުރެވޭނެ އެއްޗެކެވެ.
ދާދިފަހުން ދިން އީމެއިލް އިންޓަވިއުއެއްގައި ކްލައުޑްފްލޭއާގެ ސީޓީއޯ ޖޯން ގްރެހަމް-ކަމިންގް ވަނީ ޒީރޯ ޓްރަސްޓް ސިމް އިން ވީޕީއެން އާއި އެހެން ސެކިއުރިޓީ ލޭޔަރުންނަށް ނުކުރެވޭ ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސިމް ކާޑަކީ އެހެން ސެކިއުރިޓީ ފެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެ އެއްޗެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް ގްރެހަމް-ކަމިންގް ވިދާޅުވީ ޒީރޯ ޓްރަސްޓް ސިމް އިން ކްލައުޑްފްލޭއާ އަށް ޑީއެންއެސް ފިލްޓަރިން އަށް ކްލައުޑްފްލޭއާ ގޭޓްވޭ ބޭނުން ކުރުމަށް ޑިވައިސްއެއް ދޫކޮށްލާފައި ޑީއެންއެސް ރިކުއެސްޓްތައް އަލުން ލިޔެވޭނެ ކަމަށެވެ. އަދި އިންޓަނެޓަށް ދިއުމުގެ ކުރިން ކޮންމެ ހޯސްޓަކާއި އައިޕީ އެޑްރެހެއް ވެލިޑޭޓް ކުރުމަށް ސަޕޯޓް ކުރާނެ ކަމަށާއި ޚިދުމަތްތަކާއި އެހެން ޑިވައިސްތަކާ އައިޑެންޓިޓީ ބެސްޓް ކަނެކްޓިވިޓީ އަށް ވެސް ސަޕޯޓް ކުރާނެ ކަމަށާއި އޮތެންޓިކޭޝަން އަށް ދެވަނަ ކަމެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަގު ކަނޑައެޅުމަށް ނިންމާފައި ނުވި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި ލޯންޗްކުރާ ޒީރޯ ޓްރަސްޓް ސިމް، ބިލިންގެ ނަޒަރަކުން ބަލާއިރު ކްލައުޑްފްލޭއާގެ ޒީރޯ ޓްރަސްޓް ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ބަލާނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިޚިދުމަތު އަގު ހުންނާނީ ކަސްޓަމަރުންގެ އަތްފޯރާ ފަށުގައެވެ.