ނާސާ އާއި އީއެސްއޭ އިން، ޖައްވީ ދަތުރުތަކަށް އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން، ނާސާ އިސްވެ އޮވެ ކުރިއަށް ގެންދާ އާޓިމިސް މަސައްކަތުގައި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގެ އިތުރު ބައިވެރިވުން ލިބިގެންދާނެކަމަށް ނާސާއިން ބުނެއެވެ.

އީއެސްއޭގެ ޑިރެކްޓަރު ޖެނެރަލް ޖޯސެފް އަޝްބަޗާ ސެޕްޓެމްބަރު 20 ވަނަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި އޭނާ އާއި ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން އިންޓަނޭޝަނަލް އެސްޓްރޮނޯޓިކަލް ކޮންގްރެސްގެ ތެރޭގައި ލޫނާ ކޯޕަރޭޝަންގެ ހަރަކާތްތަކާ ބެހޭ ޖޮއިންޓް ބަޔާނެއްގައި ވަނީ ސޮއިކޮށްފައެވެ.

އަޝްބަޗާ ވިދާޅުވީ މި އެއްބަސްވުމަކީ ކުރިއަށް އޮތް ތިން އަހަރަށް ހިންގާ ޕްރޮގްރާމްތަކަށް ފައިސާ ހޯދުމަށް ނޮވެމްބަރު މަހު ބާއްވާ މިނިސްޓަރީ ކައުންސިލް ބައްދަލުވުމަށް އީއެސްއޭ އިން ތައްޔާރުވުމަށް ކުރާ "އަގުހުރި ޙިއްޞާއެއް" ކަމަށެވެ.

އީއެސްއޭ އިން ވެސް އަދި ނާސާ އިން ވެސް އެ އެއްބަސްވުން ޝާއިއުކޮށްފައި ނުވާއިރު، އެ އެއްބަސްވުމަކީ އެއް ޞަފްޙާއަށް ވުރެވެސް ކުޑަކޮށް ލިޔެފައިވާ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސެޕްޓެމްބަރު 23 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ނާސާއިން ވަނީ އެ އެއްބަސްވުމަކީ އާޓިމިސްގައި މިހާރު އަދި ކުރިއަށް އޮތްތަނުގައި ދޭނެ އެއްބާރުލުމާ ބެހޭ ގޮތުން "ނޮން ބައިންޑިން ޖޮއިންޓް ސްޓޭޓްމަންޓެއް" ކަމަށް ސިފަކޮށްފައެވެ.

އެ ޖޮއިންޓް ސްޓޭޓްމަންޓްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން، ގޭޓްވޭ، އަދި އީއެސްއޭއިން ފޯރުކޮށްދިން ޔޫރަޕިއަން ސާވިސް މޮޑިއުލް ފޯ ދަ އޮރިއަން ކެޕްސޫލް ފަދަ އިންސާނީ ޖައްވީ އުދުހުންތަކުގެ ހަރަކާތްތަކުގައި ނާސާ އާއި އީއެސްއޭގެ އެއްބާރުލުން ފާހަގަކޮށް، ކުރިއަށް އޮތްތަނުގައި ހަނދުގެ މިޝަންތަކުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ނެކަމަށް ނާސާއިން ބުންޏެވެ.

އީއެސްއޭ އިން އޯރިއަން ސާވިސް މޮޑިއުލް ފޯރުކޮށްދޭއިރު، ލޫނާ ގޭޓްވޭގެ ކޮމްޕޯނެންޓްތައް ވެސް ބިނާކުރަމުންދާއިރު، އޭގެ ތެރޭގައި އައި-އެޗްއޭބީ ހެބިޓޭޝަން މޮޑިއުލާއި އީއެސްޕްރިޓް ރިފިއުލިން އެލިމެންޓް ހިމެނެއެވެ. ބަދަލުގައި އީއެސްއޭއަށް ފަހުގެ އާޓިމިސް މިޝަންތަކުގައި ތިން އެސްޓްރޮނޯޓުން އުދުހުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރެއިން ދެ ފްލައިޓަކީ ޔޫރަޕްގެ ކޮމްޕޯނެންޓްތައް ގޭޓްވޭއަށް ފޯރުކޮށްދޭނެ މިޝަންތަކެއް ކަމަށްވާ އާޓިމިސް 4 އަދި 5 ގައި އުދުހުން އެކަށީގެންވެއެވެ.

އީއެސްއޭ އިން ދަނީ އާޓިމިސްގައި ހިމަނާލެވޭނެ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ވިސްނަމުންނެވެ. އޭގެތެރެއިން އެއް ޕްރޮގްރާމެއްގެ ގޮތުގައި މޫންލައިޓް އިން ހުށަހަޅާފައިވަނީ އެހެން މިޝަންތަކަށް އެހީތެރިވުމަށްޓަކައި ހަނދުގެ ވަށައިގެން މުވާސަލާތީ އަދި ދަތުރުފަތުރުގެ ނެޓްވޯކެއް ގާއިމްކުރުމަށެވެ. އަނެއް ކަމަކީ ޔޫރަޕިއަން ލާޖް ލޮޖިސްޓިކްސް ލޭންޑަރަކީ ސައިންސަށް ނުވަތަ އާޓިމިސްގެ މިޝަންތަކަށް އެހީތެރިވުމަށް ހަނދުގެ ބިމަށް ބޮޑެތި ޕޭލޯޑްތައް ފޯރުކޮށްދޭނެ ކާގޯ ލޭންޑަރެއެއް އުފެއްދުމެވެ. ކުރިއަށް އޮތް ތަނުގައި އީއެސްއޭއިން މި ދެކަމަށް ވެސް ފައިސާ ހޯދާނެއެވެ.

އީއެސްއޭގެ އުންމީދަކީ އެ ޕްރޮގްރާމްތައް އާޓިމިސްގެ މިޝަންގައި އިންޓަގްރޭޓްކޮށް، އާޓިމިސްގެ މިޝަންތަކުގައި އީއެސްއޭއިން ނާސާއަށް ހިދުމަތް ފޯރުކޮށްދިނުމާއި، ޔޫރަޕްގެ ޖައްވީ އުޅަނދެއް ހަނދަށް ޖެއްސުން ފަދަ ކަންކަން ކުރެވިގެން ދިއުމެވެ.

ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ކޮންފަރެންސްގައި ހެޑްސް އޮފް އެޖެންސީތަކުގެ ޕެނަލެއްގައި ދެއްވި ކޮމެންޓްތަކުގައި ޔޫރަޕިއަން ލާޖް ލޮޖިސްޓިކްސް ލޭންޑަރާއި މޫންލައިޓް ވެސް ނާސާއާ އެކު މަޝްވަރާ ކުރިއަށް ގެންދާނެއެވެ.

ނާސާގެ އާޓިމިސް މިޝަން އެންމެފަހުން ލޯންޗްނުކޮށް މަޑުޖައްސާލީ އަރަބި ކަނޑުގައި އުފެދިފައިވާ ވަރުގަދަ ތޫފާނުގެ އަސަރު އެމިޝަންއަށް ފޯރަފާނެކަމަށް ބުނެފައެވެ.