26 Sep 2022, 08:44
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސް ޖީބީ ޑޭޓާ 265 ރުފިޔާއަށް ލިބޭ އާ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ "ސަޅި 2 ވީކްސް" ގެ މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު ފަސް ޖީބީ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެ ކަމަށެވެ.
ޖުމްލަ 70 ޖީބީ ލިބޭ މި "ސަޅި 2 ވީކްސް" އެޑްއޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "S1GB14"ކީވޯޑް ޖަހާފައި 343 އަށް އެސްއެމްއެސްއެއް ކޮށްގެން މި ޕްލޭން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ދިރާގުން މިއަދު ބުނީ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު އާކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެއެވެ.