ގޮތް ނޭނގޭ ބޯޓެއް އަލިފު އަތޮޅު ބޭރުން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފު އަތޮޅު ހުޅަނގުން ފެނުނު އެ ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފުން މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. އަދި ބޯޓާ ބެހޭ މައުލޫމާތެއް ސާފު ވާނީ އެސަރަހައްދަށް ދެވުމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި މަސްދޯންޏަކުން ދިން މައުލޫމާތަކާ ގުޅިގެން ބޯޓު ފެނުނު ހިސާބަށް އެމްއެންޑީއެފްގެ އުޅަނދު ދަތުރު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން ގޮތް ނޭނގޭ ބޯޓެއް ފެނުނު އިރު، މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޯޓެއް ފޭރިގަނެފަ އެވެ.