Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި އެވެ. މަޖިލިސް ފެށި އިރު އިރު ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މިއަދުގެ ޖަލްސާ އަށް ފުރަތަމަ އެޖެންޑާކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް އިއްވައި ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވުމެވެ. އަދި ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ 14 ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ހުށަހަޅައި ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމެޓީ އަށް ފޮނުވުމުގެ މައްސަލަ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މައްސަލަ ވެސް މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.