21 Sep 2022, 12:40
އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑުކަޕުގައި ޕޮލެންޑުގެ ކެޕްޓަން ލެވެންޑޯސްކީ ޔޫކްރޭންގެ ދިދަ ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑެއް އަޅަން ނިންމައިފިއެވެ.
ބާސެލޯނާއަށް ކުޅެމުންއަންނަ ލެވެންޑޯސްކީ ވަނީ ޔޫކްރެއިންގެ ކުރީގެ ކެޕްޓަން އަދި މިހާރު ޔޫކްރޭންގެ ކޯޗު އެންޑްރީ ޝެވްޗެންކޯއާ ބައްދަލުކޮށް، އެ ޓީމު މުބާރާތަށް ކޮލިފައިނުވުމުން ރަމްޒީ ގޮތުން ޔޫކްރެއިން ތަމްސީލު ކުރުމަށް އޭނާ އަތުން ޔޫކްރޭންގެ ކެޕްޓަން ބޭންޑެއް ހޯދައިފައެވެ.
ލެވެންޑޯސްކީ ޔޫކްރޭންގެ ކެޕްޓަން ބޭންޑު އަޅަނީ ރަޝިއާ، ޔޫކްރޭން ހަނގުރާމައިގައި ސުންނާފަތިވެފައިވާ އެ ގައުމުގެ އެއްބައިވަންތަކަން ރަމްޒުކޮށްދިނުމަށެވެ.
"ގަތަރު ވޯލްޑުކަޕްގަައި އަހަރެން އަޅާނީ ޔޫކްރޭންގެ ކުލަތައް ހުރި ކެޕްޓަން ބޭންޑެއް. އަހަރުމެން މިތިބީ އެ ޔޫކްރޭންއާ އެކު،" ލެވެންޑޯސްކީ ބުންޏެވެ.
Thank you@jksheva7. It was a pleasure to meet you! It will be an honour for me to carry this captains armband in the colors of Ukraine to the World Cup.@LaureusSportpic.twitter.com/y9lyQyyGDR
— Robert Lewandowski (@lewy_official)September 20, 2022
އޭނާގެ އެ ނިންމުމާއެކު ޔޫކްރޭންގެ ކޯޗު ޝެވްޗެންކޯ ވެސް ވަނީ ލެވެންޑޯސްކީއަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ލެވެންޑޯސްކީ އެ ގައުމުގެ ކުލުތައް ބޭނުންކުރަން ނިންމުމުން ޝުކުރުވެރިވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންއަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފީފާއިން ވަނީ ރަޝިއާ ފީފާގެ މުބާރާތް ތަކުން ސަސްޕެންޑުކޮށްފައެވެ.
އެހެންކަމުން އެ ގައުމަށް މިއަހަރު ކުޅޭ ވޯލްޑްކަޕުގައި ބައިވެރި ނުވެވޭނެއެވެ.