20 Sep 2022, 16:14
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި ދެކުނަށް ވިއްސާރަ ކޮށް، މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ކުރާނެ ކަމަށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓުން މިއަދު "ސަން"އަށް ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށެވެ.
ހަމައެއާއެކު މެދު ރާއްޖެތެރޭގެ ރަށްތަކަށް ކުޑަކޮށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓުން ބުންޏެވެ.
މީގެ އިތުރުން ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.