ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެވަނަ ފުރުސަތުގެ އަފޫއާންމުގައި ދޫކޮށްލާފައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު ހައްޔަރު ކުރީ ހ. ޕާޑަންވިލާގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވުނު ޙަސަން އަސްތަރު 39، ކަމަށެވެ. ޕާޑަން ވިލާ ބަލައި ފާސް ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެގޭތެރެއިން ދެ ޕީސް ހަކުރު ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިތުރު ތަފުސީލެއް އަދި ނުދެ އެވެ. ހަމައެކަނި ބުނީ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.