ވަޅި ހަރައި ޒަހަމްކޮށްލި މީހަކު މަރުވެއްޖެ އެވެ. ބޮޑުތަކުރުފާނު މަގު، މ. ވެސްޓް ޕާކް ކައިރިން ވަޅި ހަރާ ޒަހަމްކޮށްލުމަށްފަހު ބިންމައްޗަށް ވައްޓާލާފައި އޮއްވާ ފެނިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށް މަރުވީ މ. ފެއަރީކޯނާ، އަލީ ޝިފާނެ 33، އެވެ.

ފުލުހުން ބުނީ ވަޅި ހެރުމަށް ފަހު ޝިފާން ބިންމައްޗައް ވައްޓާލާފައި ވަނިކޮށް ފެނުނީ ސިފައިންގެ މީހަކަށް ކަމަށާއި ޝިފާންގެ ގަޔަށް ވަޅި ހެރީ ޖީއެން ސައިކަލެއް ގައި ދިޔަ ދެ މީހަކު ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވާ ކަމަށެވެ. އަދި ބުނީ މިއަދު ހަވީރު 4:50 އެހާކަންހާއިރު ދިން ހަމަލާގައި ޝިފާންގެ ބައިމަތިން ތަނަކަށާއި އަތުގެ ބައެއް ތަންތަނަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި މި ހަމަލަ ދިން މީހުން ހޯދައި ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށެެ.

އައިޖީއެމްއެޗުން ބުނެފައި ވަނީ ޝިފާން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެ. އައިޖީއެމްއެޗަށް ޝިފާން ގެންދިޔުމުން އޭނާގެ އާއިލާގެ މީހުންނާއި އާންމުންގެ ގިނަ ބަޔަކު އޭނާގެ މޫނު ބެލުމަށް ހޮސްޕިޓަލަށް ދިޔަ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ.