އެޕަލް އައިޕެޑްގެ ޕްރޮމޯޝަނެއް އެސްޓާސް އިން މިއަދު ފަށައިފި އެވެ.

ކޮމްޕިއުޓަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެސްޓާސް އިން މިއަދު ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ ސޯޝަލް ނެޓްވޯކްތައް ކަމަށްވާ ޓްވިޓާ އާއި ފޭސްބުކްގަ އެވެ.

އެސްޓާސް އިން ބުނީ މިއަދު ހެނދުނު 10.00ގައި ފެށި ޕްރޮމޯޝަންގައި ގަޑިއަކު އެއް ފަހަރު ސުވާލެއް ހުށައަޅާނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ޖަވާބުދޭން ޖެހޭނީ ފަސް ސުވާލަށް ކަމަށާއި އެއް ވަނައަށްދާ ފަރާތަށް އައިޕެޑް ދޭއް ލިބޭނެ ކަމަށެވެ.

އަދި ބުނީ ކުޅިވަރެއް ގޮތަށް ކުރިއަށްދާ ޕްރޮމޯޝަންގައި މިއަދު 200 މީހުން ބައިވެރިވެ، ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް ގިނަ ބައިވެރިންނަށް ފުރުސަތު ދީގެން ސޯޝަލް މީޑިއާގެ ފުރިހަމަ ބޭނުން ހިފުން،" އެސްޓާސްގެ ސޭސްލް އެންޑް މާކެޓިން މެނޭޖަރު ހަސަން ރިޝީފް ވިދާޅުވި އެވެ.

އައިޕެޑް ޕްރޮމޯޝަންގައި އެއް ވަނަ އަށްދާ ފަރާތުގެ އިތުރުން އެންމެ އަވަހަށް ނިންމާ 10 ބައިވެރިއަކަށް ވެސް ހަދިޔާއެއް ލިބޭނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

އެސްޓާސް އިން އަދި ބުނީ މިހާރު ކުރިއަށްދާ ޕްރޮމޯޝަނާ ގުޅިގެން އައިޕެޑް 2 އާއި އައިފޯން4ގެ އަގު ވެސް ހެޔޮކޮށްފައިވާ ކަމަށެވެ.