ދިވެހީންގެ ދަތުރުފަތުރުގެ ވައްޓަފާޅި މިހާރު މިވަނީ މުޅިން ބަދަލު ވެފައެވެ. ޗުއްޓީއަށް އަހަރެމެން މިހާރު ދަނީ އެތެރެ ވަރީން ބޭރަށެވެ. ތުރުކީއެއާއި ދުބާއީއާއި ޔޫރަޕުގެ ޓުއާތަކަށެވެ. އާންމުކޮށް ގޮސް އުޅުނު އިންޑިއާގެ ކެރަލާއިން ބޭރުވެ، އުތުރަށެވެ.

ތައިލެންޑުގެ ބެންކޮކަށް ގޮސް ދެކުނުގެ ޕުކެޓަށާއި ކްރާބީ ޖަޒީރާތަކަށެވެ. މިއީ ކުރާ ދިގު ދަތުރުތަކެކެވެ. ބައެއް ދަތުރުތަކުގައި އެއް ފްލައިޓަށް ވުރެ ގިނަ ފްލައިޓު ވެސް ނަގަން ޖެހެއެވެ.

މިފަދަ ދަތުރެއްގައި އުޅެނިކޮށް ކޮންމެ ވެސް ސަބަބަކާ ހެދި ފްލައިޓެއް މިސްވެއްޖެ ނަމަ، އެ ކުރިމަތިވަނީ ބޮޑު ދައްޗަކާއެވެ. ގެއްލުމަކާއެވެ. އާއިލާ ނުވަތަ ރަހުމަތްތެރިންނާއެކު ހިތްހަމަޖައްސާލަން ރޭވި ދަތުރުގެ ޕްލޭނަށް ބަދަލު އަތުވެދާނެ ފަދަ ކަންކަމެވެ.

އެކަމަކު ހާސްނުވާށެވެ. ދަތުރަށް ފުރީ އަޔާދީ ތަކާފުލްގެ ޓްރެވަލް ތަކާފުލްއެއް ނަގައިގެން ކަމުގައިވާ ނަމަ ލިބޭނީ ތަސައްލީއެކެވެ.

ޑިޕާޗާ ފްލައިޓު ނުވަތަ ދާން އުޅޭ މަންޒިލަށް ވާސިލުވުމަށް ނަގަންޖެހޭ ކަނެކްޓިން ފްލައިޓު މިސްވުމުން ކުރިމަތިވާ ގެއްލުމަކީ އަޔާދީގެ ޓްރެވަލް ތަކާފުލް ޕްލޭނުން ކަވަރުކޮށްދޭ ބޭސިކް ކަވަރޭޖެކެވެ. މި ޓްރެވަލް ޕްލޭނުގައި ތިން ގިންތިއެއް ހިމެނެއެވެ.

އެއީ އޭޝިއާ ބައްރު ހިމެނޭ "ކޮންޓިނެންޓަލް" އެމެރިކާއާއި ކެނެޑާ ފިޔަވާ ހުރިހާ ޤައުމެއް ހިމެނޭ "އެލީޓް" އަދި ދުނިޔޭގެ ހުރިހާ ޤައުމެއް ހިމެނޭ "ޕްރިމިއާ" ގިންތިއެވެ.

މިއިން ކޮންމެ ގިންތިއަކުން ވެސް އެކަށީގެންވާ ސަބަބަކާއެކު ފްލައިޓު މިސްވެއްޖެ ހާލަތެއްގައި އެކަމަށް މާލީ ބަދަލު ފޯރުކޮށްދޭނެއެވެ. އެގޮތުން "ކޮންޓިނެންޓަލް" ގިންތީގައި 300 ޑޮލަރާ ހަމައަށް އަދި ބާކީ ދެ ގިންތީގައި 500 ޑޮލަރާ ހަމައަށް ބަދަލު ލިބޭނެއެވެ.

އަޔާދީގެ ޓްރެވަލް ތަކާފުލްގައި މި ނޫނަސް އެހެނިހެން ބައިވަރު ކަވަރޭޖުތައް ހިމެނެއެވެ. އެގޮތުން ދަތުރު ކެންސަލްވުން، ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ކުރަންޖެހުން، ޖިސްމާނީ އަނިޔާއެއް ވުން، ބެގޭޖު ޑިލޭވުން ނުވަތަ ބެގޭޖާއި އަމިއްލަ މުދާ ގެއްލުން، ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ގެއްލުން އަދި ދަތުރު ޑިލޭވުން ފަދަ ކަންކަން ހިމެނެއެވެ.

ޓްރެވަލް ޕްލޭނެއް އޮއްވާ މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކަމަކަށް ކަނޑައެޅިފައިވާ ލިމިޓުތަކާ އެއްގޮތަށް ގާތްގަނޑަކަށް 100,000 އާއި 340,000 ޑޮލަރާ ދެމެދުގެ ކަވަރޭޖު ލިބޭނެކަމުގެ ޔަޤީންކަން އޮންނާނެއެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޓްރެވަލް ތަކާފުލްއަކީ އަގުހެޔޮ، އޭގެ ފައިދާ ބޮޑު އަދި ގަތުމަށް ފަސޭހަ އެއްޗެކެވެ. އެލައިޑްގެ އޮންލައިން ޕޯޓަލް "މައިއެލައިޑް" މެދުވެރިކޮށް އޮންލައިންކޮށް ނެގޭނެއެވެ.

ދަތުރުކުރާ މަންޒިލާއި ދަތުރުގެ ތާރީޚާއި ދަތުރުގައި ހިމެނޭ ބައިވެރިންގެ އުމުރު ޖަހާލުމުން، ޓްރެވަލް ތަކާފުލްގެ ތިން ގިންތީގެ އަގުތައް ލިބޭނެއެވެ.

ދަތުރަށް ފުރުމުގެ ކުރިން އަޔާދީގެ ޓްރެވަލް ޕްލޭން ނަގާފައިވާ ނަމަ ދަތުރެއްގެ މަތީގައި އުޅޭ އިރު ދިމާވެދާނެ ކުއްލި ދަތި ހާލަތަކާއި ގިނިކަންޏާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. އަޔާދީގެ ޓްރެވަލް ޕްލޭން ނަގާލުމަކީ ދަތުރަށް ފުރުމުގެ ކުރިން، ދަތުރުގެ ތެރެއިން ދިމާވެދާނެ އެކި ކަންކަމުން ސަލާމަތްވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ރައްކާވެތިބިއްޔާ ދަތުރެކެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީއާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.