01 Apr 2012, 15:42
ކްލީކް ކޮލެޖުގެ މިދިޔަ އަހަރުގެ ގްރެޖުއޭޝަން ބާއްވައި ކޮލެޖުގެ 278 ދަރިވަރަކަށް ކޯސް ފުރިހަމަ ކުރުމުގެ ސަނަދު ދިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ޑރ. އަބްދުލް މުހުސިން މުހައްމަދެވެ.
ކްލިކްގެ ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންގެ ތެރޭގައި ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސްތަކާއި އަދި އޭސީސީއޭގެ ސެޓިފައިޑް އެކައުންޓިން ޓެކްނީޝަން ކޯހާއި، ސެޓްފިކެޓް އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ލެވެލް ތިނެއް އަދި ހަތަރެއް ފުރިހަމަ ކުރި ދަރިވަރުން ހިމެނެ އެވެ. މީގެ އިތުރުން ކްލީކް ކޮލެޖުން ބުނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ އެގްޒޭމް ސެޝަންއެއްގައި އެ ކޮލެޖުގެ ދަރިވަރުން ޓޮޕް ޕޭޕަ ޕްރައިޒް ހޯދާ ކަމަށާއި މިއަހަރުވެސް ހަތަރު ދަރަވަރަކު މި އެވޯޑް ހޯދި ކަމަށެވެ.
ޓޮޕްޕޭޕާ ޕްރައިޒް އަކީ އޭބީއީ އިން ބާއްވާ އިންޓަނޭޝަނަލް އެގްޒޭމްއިން އެ މާއްދާއަކުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރަކަށް ދޭ އެވޯޑެކެވެ.