ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގއ. މާމެންދޫ، ކަޝްމީރު، މުޙައްމަދު ޝައުގީއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 102 އަހަރެވެ.

ޝައުގީގެ އާއިލާއިން 'ސަން'އަށް ބުނީ އޭނާ ނިޔާވީ މުސްކުޅިބަލީގައި ކުއްލިއަކަށް ކަމަށެވެ. އޭނާ ނިޔާވިއިރު ދިރިއުޅެމުން ދިޔައީ އާއިލާއާއެކު މާލޭގައި ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ.

ޝައުގީގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ރާއްޖޭގައި ތިބި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ މީހަކު މިއަހަރުގެ ޖެނުއަރީ މަހު ވެސް ނިޔާވެފައިވެއެވެ.

އެއީ ޏ. ފުވައްމުލަކު، ފަތަނގުމާގޭ އަލީ ސުލައިމާނެވެ. އޭނާ ނިޔާވިއިރު އުމުރަކީ 106 އަހަރެވެ.