15 Sep 2022, 19:55
މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން އެންވަޔަރަންމެންޓް މިނިސްޓްރީއާއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ޔޫއެސްއޭއެއިޑްގެ ފަރާތުން މިއަހަރު ސޮއިކުރި ހަތަރު ވަނަ ހިލޭ އެހީގެ އެއްބަސްވުމެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުން ވެސް މެއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި ހިލޭއެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ، ފެހެންދޫ ހިމެނޭގޮތަށް ބ. އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެ ކަމަށެވެ.
ޔޫއެސްއެއިޑާއެކު ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޖުތިމާއީ އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް ކުރިއަރުވައި، ބ. ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ބ. އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޔޫއެސްއެއިޑާއެކު ރާއްޖެއިން ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް ކުރިއަރުވައި، ބ. ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއަދަކީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވަށާއި ގޮއިދު އަތޮޅަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. އަދި ޔޫއެސްއެއިޑާއެކު އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެ ފަރާތުގެ އެއްބާރުލުމާ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރަމަކީ ދިވެހީނަށް ލިބޭ ފަޚްރެއްކަން އެމަކަނާ ފާހަގަ ކުރެއްވިއެވެ.
މި ހިލޭ އެހީއަކީ ޔޫއެސްއެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭއެހީއެވެ. މިއީ ފަސް އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ އެކްޓިވިޓީއެކެވެ.