އެމޭޒަންގެ އާ ތުރިލާ ސީރީޒް 'ހަޝް ހަޝް' އަންނަ ހަފުތާގައި ނެރެން ތައްޔާރުވެއްޖެއެވެ.

ހަތް އެޕިސޯޑަށް މި ސީރީޒަކީ ވިކްރަމް މަލްހޯތުރާ އިސްކޮށް ހުރެގެން އުފައްދާފައިވާ އަބަންޑަންޓިއާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ އަންހެން ކާސްޓުންނާއި އަންހެން ކްރޫއިން ހިމެނޭ ސީރީޒްއެކެވެ.

މި ސީރީޒް ޔުނީކް ވަނީ، ކްރޫ އިންގެ ގޮތުގައި ޕްރޮޑަކްޝަން ޑިޒައިނަރުންނާއި، ކޮސްޓިއުމް ޑިޒައިނަރުންނާއި އެސޯސިއޭޓް އަދި ކޯ ޕްރޮޑިއުސަރުންނަށް ވެސް އަންހެނުން މަސައްކަތް ކުރާތީއެވެ.

'ހަޝް ހަޝް' ގައި ދައްކުވައިދޭނީ، ޕާފެކްޓް ދިރިއުޅުމެއް އުޅޭ އަންހެނުންތަކަކަށް، ދިމާވާ ކަންތައްތަކެކެވެ. ކުއްލިއަކަށް ދިމާވާ ކަންތައްތަކެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް މި ތުރިލާގައި ދައްކުވައިދެއެވެ. ލީޑް ރޯލުން ފެންނާނީ ޖޫހީ ޗަވްލާގެ އިތުރުން ސޯހާ އަލީ ހާން، ކްރިތީ ޝަރްމާ، ޝަހާނާ ގޮސްވާމީ އަދި ކަރިޝްމާ ތަންނާއެވެ.

މިއީ ބޮލީވުޑްގެ ކުރީގެ ތަރި އައިޝާ ޖުލްކާގެވެސް ފުރަތަމަ ވެބްސީރީޒްއެކެވެ. 'ޖޯ ޖީތާ ވަހީ ސިކަންދަރް' އާއި 'ކިލާޅީ' އަދި 'ކުރްބާން' ފަދަ ފިލްމުތަކުން ވިދާލި އައިޝާ ސިނަމާއިން އެންމެ ފަހުން ފެނިފައިވަނީ 2018ގައި ނެރުނު ފިލްމަކުންނެވެ.

ހަޝް ހަޝް އަކީ ތަނޫޖާ ޗަންދްރާ އުފައްދާ ވިކްރަމް މަލޯތުރާގެ އަބޫދަންޓިއާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ސީރީޒްއެކެވެ.