ގިނަ އަދަދެއްގެ ރާފުޅިތަކަކާ އެކު ދިވެހި ދެ އަންހެނަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ 11:15 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހުޅުމާލެ ފެރީން މާލެ އައި ދެ އަންހެނަކު ބަލައި ފާސްކުރުމުގެ ތެރޭގައި 13 ފުޅި ރާ އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

"އެދެ މީހުން ތިބީ ހައްޔަރުކޮށްފައި. އެ މައްސަލަ ތަހުގީގުކުރަމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާފުޅިތައް އަތުލައިގަތީ ފެރީންފައިބައިގެން އައިސް އެ ދެ އަންހެނުން ވެސް ކާރަކަށް އަރައިގެން ދާން އުޅެނިކޮށް ކަމަށެވެ. އަދި އެ ރާފުޅިތަކަކީ ހުޅުމާލެ އިން މާލެ ގެނައި ފުޅިތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.