01 Apr 2012, 10:21
ފުވައްމުލަކުގައި އަޅާ ފުޓްސަލް ދަނޑު އަޅާނެ ތަނެއް ކަނޑައެޅުމަށް ރަށު ކައުންސިލާއެކު މަޝްވަރާކުރުމަށް އެފް.އޭ.އެމުގެ ރައީސް އަލީ އާޒިމް އެ ރަށަށް ވަޑައިގެންފި އެވެ.
މި ދަނޑަކީ ފީފާގެ އެހީއާއެކު ދާދި ފަހުން އިއުލާނުކުރި ޔުނިޓީ ތްރޫ ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކުގައި އަޅާ ދަނޑެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އަށް ސަރަހައްދެއްގައި ފުޓްސެލަ ދަނޑު އަޅަން އެމްއެންޑީއެފާއި ޕޮލިސް އަދި އެސްޓީއޯ އާއި އެފް.އޭ.އެމާއި ޔޫތު މިނިސްޓްރީ ގުޅިގެން ވަނީ ނިންމައިފަ އެވެ.
އާޒިމް ވިދާޅުވީ ގާތްގަނޑަކަށް 12000 މީހުންގެ އާބާދީއެއް އޮންނަ ރަށުގައި ދަނޑު އަޅާނެ ތަނަކާމެދު މިއަދު މަޝްވަރާކޮށް ފައިނަލް ކުރެވޭނެ ކަމަށެވެ.