19:00


މިނިވަން ދުވަހުގެ މުނާސަތުގައި ބޭއްވި ޝަރަފްގެ ހިނގާލުމާ ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްލަވާލައްވައިފި އެވެ.


މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާމިނަތު ޝިމްލާ އެވެ.


ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުން އޮތެވެ. އެއަށްފަހު ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާން ކުޅުން އޮތެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ.


މިރަސްމިއްޔާތުގައި ސްކޫލްތަކުން އެއްކޮށްލާފައިވާ ހެވިކަމުގެ ލަޝްކަރު، ބޭންޕާޓީއާއެކު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގުމުގައި، އެ ލަޝްކަރުތައްވެސް ރައީސުލްޖުމްހޫރިއްޔާއަށް ކުރުނީސް އެރުވި އެވެ.


މިއަދުގެ މި ރަސްމިއްޔާތު ނިންމާލާފައިވަނީ ސްކޫލްތަކުގެ ފަރާތުން ދަރިވަރުން ހުށަހަޅައިދިން އައިޓަމްތަކަކަށް ފަހުގަ އެވެ.