ބޮލީވުޑްގެ މަޝްހޫރު ލަވަކިިޔުންތެރިޔާ ޖުބިން ނައުޓިޔަލް ހައްޔަރު ކުރަން ގޮވާލާ އަޑު ޓްވިޓާގައި ގަދަވެއްޖެއެވެ.

ޖުބިން ހައްޔަރު ކުރަން ޓްވިޓާގައި ޒުވާނުން ގޮވާލާފައި ވަނީ އެމެރިކާގައި ކުރިއަށްގެންދަން ތައްޔާރުވެފައިވާ ކޮންސެޓަކާ ގުޅިގެންނެވެ.

ބޮލީވުޑް ހަބަރުތައްް ބުނާގޮތުގައި، ޖުބިން ހައްޔަރު ކުރުމަށް ގިނަބަޔަކު ގޮވާލީ އޭނާ ކުރިން އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސެޓް އާ ގުޅިގެން ފޭސްބުކްގައި ޖެހި ޕޯސްޓެއްގެ ސަަބަބުންނެވެ. ޕޯސްޓު ހިއްސާކުރުމާއެކު އެ ކޮންސެޓް އިންތިޒާމު ކުރަނީ ފިލައިގެން އުޅޭ ކުށްވެރިއެއް ކަމަށް ބުނެ ގިނަ ބަޔަކު އެ ކޮންސެޓް އާއި ޖުބިން އާ ދެކޮޅަށް ޕޯސްޓުތައް ޖެހިއެވެ.

ޖުބިންގެ ކޮންސެޓް އިންތިޒާމު ކުރަނީ، ފިލައިގެން އުޅޭތާ 30 އަހަރުވެފައިވާ ޖައި ސިންގް ނަމަކަށް ކިޔާ ކުށްވެރިއެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ އަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ނޫންވެސް އެކި ކުށްތަކުގައި އިންޑިއާގެ ޗަންޑިގަރު ޕޮލިސްގެ ވޯންޓެޑް ކްރިމިނަލް އެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކުށްވެރިއެކެވެ.

އޭނާ އެމެރިކާ އަށް ބަދަލުވެ، ކެލިފޯނިއާގައި އުޅޭތާ 30 އަހަރު ވެފައިވާ ކަމަށް ވެއެވެ.

ޖުބިންގެ ހިއުސްޓަން ކޮންސެޓް އިއުލާންކުރި ހިސާބުން އޭނާ ހައްޔަރު ކުރަން ގޮވާލާ ސޯޝަލްމީޑިއާގައި ޓްރެންޑްވިއެވެ.