އައު ކޮންޓެންޓާއެކު، މަގުބޫލު ޝޯ 'ކޮފީ ވިތު ކަރަން'ގެ އައު ސީޒަން އެއް ނެރުމަށް މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފިއެވެ.

ޑިޒްނީ އާއި ހޮޓްސްޓާ އިން ސްޓްރީމްކުރެވޭގޮތަށް ގެނެސްދޭ މި ޗެޓް ޝޯގެ އެންމެ ފަހު ސީޒަން ރިލީޒް ކުރީ މި އަހަރުގެ ޖުލައި މަހުއެވެ. ކާމިޔާބު ސީޒަންއަކަށްފަހު އައު ތަރިންނާއެކު ސީޒަން 8ގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ޑިޒްނީ އިން އިއުލާންކޮށްފައިވަނީ ފޭން އިވެންޓެއްގެ ތެރެއިންނެވެ.

އިންޑިއާއަށް ގެނެސްދޭ ކޮންޓެންޓާ ގުޅޭގޮތުން، ޑިޒްނީ ހޮޓްސްޓާގެ ކޮންޓެންޓް ހެޑް އާއި އިންޓަނޭޝަނަލް ކޮންޓެންޓްގެ ޕެނަލް އެއް އެކުގައި ވަނީ މި އިވެންޓުގައި ބައިވެރިވެ ވާހަކަދައްކާފައެވެ. ޑިޒްނީ ހޮޓްސްޓާގެ ކޮންޓެންޓް ހެޑް ގައުރަވް ބެނާޖީ ބުނިގޮތުގައި، ފާއިތުވި އަހަރުތަކުގައި އިންޑިއާ އިން ކޮންޓެންޓު އުފައްދާ 'ޕަވަރ ހައުސް' އަކަށް ވެއްޖެ ކަމަށާއި، އެކި ކަހަލަ ސްޓޯރީތައް ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ ކަމަށެވެ.

ޕްރޮޑިއުސަރު-އެކްޓަރު-ޑިރެކްޓަރު އަދި ހޮސްޓް ކަރަން ޖޯހަރު އާއެކު ގެނެސްދޭ މި ޝޯއާ ގުޅޭގޮތުން ކަރަން ބުނީ، އައު ސީޒަން އެއް ފަށާތީ އުފާވާ ކަމަށެވެ. މި ޝޯގެ އެންމެ ފަހު ސީޒަންގެ ހުރިހާ އެޕިސޯޑެއް މިހާރު ވަނީ އެއާ ކޮށްފައެވެ. އަދި ޝޯއަށް ލިބުނު ތަރުހީބު އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގެންފައިވާކަން ކަރަން ފާހަގަކުރިއެވެ.

ދެހާސް ހަތަރު ވަނަ އަހަރު އެންމެ ފުރަތަމަ އެޕިސޯޑް އެއާކުރި، 'ކޮފީ ވިތު ކަރަން'ގެ 18 އަހަރުވީ ޝޯ އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ތަރިންނާއެކު ގެނެސްދޭ 'ޗެޓް ޝޯ'އެކެވެ.