މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުންތަކަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު އޭޑީކޭގައި ފަރުވާދެމުން ދާކަމަށެވެ. މި ހާދިސާގައި ތިން ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު މެންދުރު 11:50ހާއިރެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ސައިކަލެއްގައި ވެއްޓިފައި އޮތް މީހަކު ފުލުހުން ނަގައި އެމްބިއުލާންސްއަކަށް އަރުވައެވެ.